ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 08:45
ނިއުޔޯކްގެ \"ބްރޮންޒް ޒޫ\" އިން ޕޮޒިޓިވްވި މިނިކާވަގު
ނިއުޔޯކްގެ "ބްރޮންޒް ޒޫ" އިން ޕޮޒިޓިވްވި މިނިކާވަގު
ބްރޮންޒް ޒޫ
ކޮވިޑް-19
އެމެރިކާގައި މިނިކާވަގެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖް
 
މިހާރު ޒޫ ވަނީ މިހިނގާ އޭޕްރީލް މަހުގެ 16 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފަ
 
ވައިރަސް ޖެހިފައިވަނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރާތުން
 
ޕޮޒިޓިވްވެފައިވަނީ ނިއުޔޯކްގެ "ބްރޮންޒް ޒޫ" ގައި އޮތް 4 އަހަރުގެ މިނިކާވަގެއް

އެމެރިކާގެ ނިއުޔޯކުން މިނިކާވަގެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ނިއުޔޯކްގެ "ބްރޮންޒް ޒޫ" ގައި އޮތް 4 އަހަރުގެ މިނިކާވަގެކެވެ. އަދި އެ މިނިކާވަގަށް ވައިރަސް ޖެހިފައިވަނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރާތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރާ ޙަވާލާދީ ރިޕޯޓްތައް ބުނާގޮތުން މިނިކާވަގު ވައިރަސްއަށް ޕޮޒިޓިވްވުމާއެކު، މިހާރު ޒޫ ވަނީ މިހިނގާ އޭޕްރީލް މަހުގެ 16 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފައެވެ. އަދި މިއީ އެމެރިކާއިން ފުރަތަމަ ފަހަރަށް ޖަނަވާރެއް މި ވައިރަސްއަށް ޕޮޒިޓިވްވި ފަހަރު ކަމަށާއި، އޭގެ އިތުރުން މުޅި ދުނިޔެއިންވެސް މިނިކާވަގަކަށް މި ވައިރަސް ޖެހުނު ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 ޖަނަވާރުންނަށް ޖެހޭ ގޮތާމެދު ދިރާސާތައް ކުރަމުންދާއިރު، މީގެ ކުރިން ހޮންގކޮންގ އިން ކުއްތާއެއްވެސް މި ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާއަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ ބަޔަކު ވައިރަސްއަށް ޕޮޒިޓިވްވި ޤައުމެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް 3 ލައްކައަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
0%
67%
0%
0%
17%
ކޮމެންޓް