ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 23:52
ސްރީލަންކާގައި ތިބި ބައެއް މީހުން މިރޭ މާލެގެނެސްފައި
ސްރީލަންކާގައި ތިބި ބައެއް މީހުން މިރޭ މާލެގެނެސްފައި
މޯލްޑިވިއަން
ކޮވިޑް-19
ކޮވިޑް-19: ލަންކާގައި ނާދެވިފައި ތިބި 100 ދިވެހިން ގެނެސްފި
 
ސަރުކާރުން ބުނެފައިވަނީ އެހެން ގައުމުތަކުގައި ތިބި ދިވެހިންވެސް ގެނައުމުގެ މަސައްކަތް ކުރައްވާކަމަށް
 
ކުރިން އާދިއްތަ ދުވަހު ދެ ފްލައިޓް ލަންކާއަށް އެޅުމަށް ވަނީ ނިންމާފައި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ ގައުމުން އަންނަން ބޭނުންވެފައި ތިބި ބައެއް ދިވެހިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މިރޭ ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަނުން ކޮށްފައިވާ ޓްވީޓެއްގައި އެމީހުން މާލެ އައިސްފައިވާކަމަށް ވަނީ ބުނެފަ އެވެ. މިރޭ 9:45 ގައި ރާއްޖެ އައި މަތިންދާބޯޓުގައި 100 ދިވެހިން އައިސްފައިވާ ކަމަށް މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވިއެވެ.

ސްރީލަންކާގައި ތާށިވެފައި ތިބި ދިވެހިން ގެންނަން ކުރިން މިއަދު ދެ ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް މީހުން ގެނެސްފައިވަނީ އެއް ފްލައިޓުންނެވެ. މިމީހުން ރާއްޖެ ގެނެސްފައިވަނީ 4،626ރ އަށް ޓިކެޓެއް ވިއްކައިގެން ބޭއްވި މަތިންދާބޯޓެއްގައެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ން ނިންމާފައިވަނީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން 14 ދުވަހަށް ކަރަންޓީން ފެސިލިޓީއެއްގައި ތިބެން ޖެހޭގޮތަށެވެ. އެހެންކަމުން ލަންކާ އިން މިރޭ އައި އެންމެން ވެސް ގެންދާނީ ކަރަންޓީން އަށެވެ. ކަރަންޓީންގެ 14 ދުވަސް ހަމަވުމުން އެ މީހުން ދޫކޮށްލާނީ ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ނަމައެވެ.

ސަރުކާރުން ބުނެފައި ވަނީ އިންޑިއާ އާއި ލަންކާގެ އިތުރުން އެހެން ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެންނަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
50%
0%
0%
ކޮމެންޓް