ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 23:18
ބިދޭސީންތަކެއް
ބިދޭސީންތަކެއް
ރާއްޖެއެމްވީ
ބިދޭސީން
ބަންގްލަދޭޝް މީހުން އަނބުރާ ޤައުމަށް ފޮނުވުމާ ބެހޭ މަޝްވަރާތައްކޮށްފި
 
ފޮރިން މިނިސްޓަރ ވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒިރަށް ފޯނުން ގުޅުއްވާފައި

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެ ޤައުމަށް ގެންދިޔުމާ ބެހޭ ގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒިރާއެކު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިދެ ބޭފުޅުން މިއަދު ފޯނުން ގުޅުއްވައި، ކޮވިޑް-19 އާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 ފެތުރުމުގެ ކުރިންވެސް ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށިކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ޙާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެޤައުމަށް ގެންދިޔުމުގައި އެހީތެރިކަމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ އެކަމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އިންތިހާއަށް ރާއްޖޭގައި ގިނަކަމަށް ބުނެ ގިނަ ރައްޔިތުން އަންނަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
83%
0%
8%
0%
8%
ކޮމެންޓް