ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 23:21
ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 73 މީހުން ދޫކޮށްލައިފި
 
ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން އާދިއްތަ ދުވަހު 187 މީހެއްގެ ސާމްޕަލް ވަނީ ނަގާފައި
 
މިހާރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 809 މީހުން

މިހާތަނަށް އާއިރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 73 މީހަކު ދޫކޮށްލާފައިވާކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ޙާލަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ މިހާރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 809 މީހުން ކަމަށެވެ. ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން އާދިއްތަ ދުވަހު 187 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށާއި އަދި 43 މީހެއްގެ ސާމްޕަލެއް ނެގުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފަތުރުވެރިން ފިޔަވައި ރާއްޖެ އަންނަ އެންމެން ކަރަންޓީނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމާފައިވަނީ މިދިޔަ މަރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ސަރުކާރުން ދައްކާތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބެންޖެހެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރާއިރު ކަރަންޓީނުގެ 14 ދުވަސް ގުނަނީ ކަރަންޓީނަށް މީހުން ލާ ދުވަސް ނުގުނާ ކަމަށެވެ. ކަރަންޓީނަށް ލާ ދުވަހަކީ ފުރަތަމަ ދުވަސްކަމަށް ނުގުނާ ކަމަށާއި އެގޮތަށް 14 ދުވަސް ހަމަކޮށް 15 ވަނަ ދުވަހު ޓެސްޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އެގޮތުން ސާމްޕަލް ނަގާ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ އެމީހުން ދޫކޮށްލާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ޓެސްޓް ނެގެޓިވް ވި ނަމަވެސް އެމީހުންގެ ސޭފްޓީ ކަށަވަރުކުރުމުގެ ގޮތުން ކުޑަ އެގްޒިޓް ސްކްރީނިންގ އެއް ހަދާނެކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އެގޮތުގެމަތިން ހުންހުރިތޯ އާއި ރޯގާ ހުރިތޯ އެމީހުން ކައިރީގައި އަހާ ސުވާލުކުރުމަށްފަހު އެއްވެސް ކަހަލަ އަލާމާތެއް ނުފެންނަނަމަ އެމީހުން ކަރަންޓީނުން ދޫކޮށްލުމުގެ ހުއްދަދެވިގެންދާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް
6 އޭޕްރިލް 2020 | ހޯމަ 22:31
އައިމިނާ
ދިވެ ހިން ހައްޖަށް ދިޔަޔަސް ޢުމްރާއަށް ދިޔަޔަސް އިވޭނީ ގުރޫޕް ތަކުން ކާން ނުދޭ ވާ ހަކަ ކާއެއްޗި ހި ނުބައި ވާ ހަކަ. އެ ބިމުގަ ތިބެގެން ހެޔޮއެއްޗެއް ކިއުމަށްވުރެ ގިނަވާނީ އެވާ ހަކަދައްކާ ވަގުތު. ކަރަންޓީން ފެސިލިޓީ އަކަށް ގެންދިޔަޔަސް ކާއެއްޗެތީގެ ވާ ހަކަ. ކިހ ހިނެއްބާ މިވަނީ؟ ފޫ ހިވީމަ ދެއްކޭ ވާ ހަކައެއްބާ؟