ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 21:18
މާލޭގައި މިހާރު ވަކި ވަގުތުތަކެއްގައި އަންނަނީ ކާފިއު ހިންގަމުން
މާލޭގައި މިހާރު ވަކި ވަގުތުތަކެއްގައި އަންނަނީ ކާފިއު ހިންގަމުން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ކާފިއު ހިންގި ގަޑީގައި ބޭރަށް ނިކުމެ އުޅުނު އެކަކު މިއަދު ޖޫރިމަނާކުރި
 
ފުރަތަމަ ދުވަހު ވަނީ އެގަޑީގައި ބޭރަށް ނިކުމެ އުޅުނު 95 މީހަކަށް ނަސޭހަތްދީފައި
 
122 ދިވެހިންނާއި 17 ބިދޭސީން ހިމެނޭ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެ ހިމެނޭ ސަރަހައްދުގައި ހިންގަން ފަށާފައިވާ ކާފިއުގެ ގަޑީގައި އާދިއްތަ ދުވަހު ބޭރަށް ނިކުމެ އުޅުނު އެކަކު ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ކާފިއު ހިންގާ ވަގުތުތަކުގައި މަގުތަކުގައި އުޅޭ މީހުންނަށް ފުރަތަމަ ނަޞޭޙަތްދީ، އަދި 1،000ރ. އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މިއަދު ފުރަތަމަ ފަހަރަށް މީހަކު ޖޫރިމަނާކުރިއިރު މިއަދު ފުރަތަމަ ނަސޭހަތް 139 މީހަކަށް ވަނީ ދީފައެވެ. އޭގެތެރޭގައި ހިމެނެނީ 122 ދިވެހިންނާއި 17 ބިދޭސީންނެވެ. އާދިއްތަ ދުވަހު އެއްވެސް މީހަކަށް އިންޒާރު ދީފައެއް ނުވެއެވެ.

ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ކާފިއު ހިންގަމުންދާއިރު ފުރަތަމަ ދުވަހު ވަނީ އެގަޑީގައި ބޭރަށް ނިކުމެ އުޅުނު 95 މީހަކަށް ނަސޭހަތްދީފަ އެވެ. ދެވަނަ ދުވަހު 151 މީހަކަށް އަދި ތިންވަނަ ދުވަހު 141 މީހަކު އެގަޑީގައި ބޭރަށް ނިކުމެ އުޅުމުގެ ސަބަބުން ފުލުހުން ވަނީ ނަސޭހަތްދީފަ އެވެ.

ފުލުހުން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތު މަގުތަކުގައި މީހުން އުޅުމާއި އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށެވެ. އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ އިތުރަށް މަގުމަތީގައި އުޅޭ ނަމަ ނަޞޭޙަތްތެރިވާނެ ކަމަށާއި އެކަން ތަކުރާރުވާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައިވެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު އެހާލަތުގެ ދަށުން އަންނަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް