ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 20:28
ލީބިޔާގެ ކުރީގެ ބޮޑުވަޒީރު މަހްމޫދު ޖިބްރީލް
ލީބިޔާގެ ކުރީގެ ބޮޑުވަޒީރު މަހްމޫދު ޖިބްރީލް
ގޫގުލް
ކޮވިޑް-19
ކޮވިޑް-19: ލީބިއާގެ ކުރީގެ ބޮޑުވަޒީރު ވައިރަސް ޖެހިގެން އަވަހާރަ ވެއްޖެ
 
ލީބިއާގެ ކުރީގެ ލީޑަރ ގައްޒާފީގެ ވެރިކަމަށްފަހު، އުފެއްދި ޓްރާންސިޝަލް ކައުންސިލްގެ ހެޑްކަންވެސް ކުރެއްވި

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ރޯގާ ޖެހިގެން ލީބިއާގެ ކުރީގެ ބޮޑުވަޒީރު މަޙްމޫދު ޖިބްރީލް އަވަހާރަ ވެއްޖެއެވެ.

ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 67 އަހަރުގެ މަޙްމޫދު ޖިބްރީލް އަވަހާރަވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިޞްރުގެ ވެރިރަށް ޤާހިރާގެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

އެމަނިކުފާނަށް ކޮވިޑް-19 ޖެހިގެން މިދިއަ މާރޗް މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދިޔައީ ފަރުވާ ދެމުން ކަމަށްވެސް ބައިނަލްއަޤުވާމީ ބައެއް ރިޕޯޓުތައް ބުނެއެވެ.

މަޙްމޫދު ޖިބްރީލަކީ ލީބިޔާގެ ކުރީގެ ލީޑަރ މުޢައްމަރުލް ޣައްޒާފީ ވެރިކަން ނިމުމަށްފަހު އުފެއްދި، ޤައުމީ އިންތިޤާލީ ކައުންސިލްގެ ރިޔާސަތުވެސް ބެލެހެއްޓެވި ބޭފުޅެކެވެ.

ކޮވިޑް-19 އަށް މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 64،000 އަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
40%
0%
20%
40%
0%
0%
ކޮމެންޓް