ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 19:41
ޔޫކޭ
ޔޫކޭ
ރޮއިޓަރސް
ކޮވިޑް-19
ކޮވިޑް-19: ޔޫކޭއިން ފާއިތުވި 24 ގަޑިއިރުތެރޭ 621 މީހަކު މަރުވެއްޖެ
 
މި ވައިރަސްގެ ސަބަބުން ޔޫކޭއިން މަރުވި މީހުންގެ އަދަދު ވަނީ 4934 އަށް އަރާފައި

ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި އިނގިރޭސިވިލާތުން 621 މީހަކު މަރުވެއްޖެ އެވެ.

އެހެން ކަމުން މި ވައިރަސްގެ ސަބަބުން އެޤައުމުންން މަރުވި މީހުންގެ އަދަދު ވަނީ 4934 އަށް އަރާފައެވެ.

އިނގިރެސިވިލާތުގެ ޕަބްލިކު ހެލްތުން ރިޕޯޓްކޮށްފައިވާ ގޮތުން 555 މީހަކު މަރުވެފައިވަނީ އިންގްލެންޑުންނެވެ. ވޭލްސް އިން 12 މީހަކު މަރުވެފައިވާއިރު ނޮދަން އަޔަލޭންޑުން ވަނީ 7 މީހަކު މަރުވެފައެވެ.

ސްކޮޓްލޭންޑަށް ބަލާއިރު، މިއަދު އިތުރު ދެ މީހުންވަނީ މަރުވެފައެވެ.

އިނގިރެސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތުން މައުލޫމާތު ދީފައިވާ ގޮތުގައި 47،806 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. މި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅު ވެފައިވަނީ 135 މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް