ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 18:48
ފްރާންސްގެ ޒުވާން ކުޅުންތެރިޔާ އެމްބާޕޭ
ފްރާންސްގެ ޒުވާން ކުޅުންތެރިޔާ އެމްބާޕޭ
ގެޓީ އިމޭޖަސް
އޮލިމްޕިކްސް 2020
އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ކުޅުންތެރިންގެ އުމުރު މަތި ކުރަނީ
 
މި ނިންމުން ފައިނަލް ވާނީ ފީފާ ބިއުރޯއިން ނިންމުމުން

ކުރިން މިއަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް ހަމަޖެހުނު އޮލިމްޕިކްސް, ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އަންނަ އަހަރަށް ފަސްކުރުމާއިއެކު، ކުޅުންތެރިންގެ އުމުރު 23 އަހަރުން ދަށުން 24 އަހަރުން ދަށަށް ބަދަލުކުރަން ފީފާއިން ނިންމައިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރެވޭނީ ކޮންމެ ގައުމެއްގެ ވެސް 23 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ. އެކަމަކު ކޮންމެ ގައުމަކުން ވެސް ސީނިއާ ތިން ކުޅުންތެރިން ސްކޮޑުގައި ޖެހުމުގެ ހުއްދަ އޮވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރު ލިމިޓް، 24 އަށް މަތިކުރަން ފީފާއިން ހުށަހެޅީ މި ގޭމްސް އަކީ މިއަހަރުގެ ހޫނު މޫސުމުގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތަކަށް ވުމާއިއެކު، މިއަހަރު ބާއްވާނަމަ ކުޅެވޭނެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަންނަ އަހަރު ފުރުސަތު ދިނުމަށެވެ. މި ނިންމުން ފައިނަލްވާނީ ފީފާ ބިއުރޯ އިން ނިންމުމުންނެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ. އެކަމަކު މިހާރު އޮލިމްޕިކްސް ވަނީ އަންނަ އަހަރުގެ ޖުލައި 23 އިން އޮގަސްޓް 8 އަށް ބޭއްވުމަށް ތާވަލުކޮށްފައެވެ.

2021 ވަނަ އަހަރަށް އޮލިމްޕިކްސް ފަސްކުރި ނަމަވެސް، އަންނަ އަހަރުގެ ގޭމްސްގައިވެސް ބޭނުންކުރާނެ ނަމަކީ "އޮލިމްޕިކްސް 2020" އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް