ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 18:29
ސިންގަޕޫރުގެ މުނިސިޕަލްޓީން ޕާރކިންގް ޞަރަޙައްދުތައް ސާފުކުރަނީ
ސިންގަޕޫރުގެ މުނިސިޕަލްޓީން ޕާރކިންގް ޞަރަޙައްދުތައް ސާފުކުރަނީ
އެންސީބީ ނިއުސް
ކޮވިޑް-19
ކޮވިޑް-19: ސިންގަޕޫރުން މިއަދު އެކަނިވެސް 120 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
 
އަދިވެސް 1,006 މީހަކަށް ދަނީ ފަރުވާދެމުން
 
ސިންގަޕޫރުގައި މިހާތަނަށް 1,309 ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
 
މިއީ ސިންގަޕޫރުގައި އެންމެ ގިނަ ކޭސް ރިކޯޑުކުރެވުނު ދުވަސް

ސިންގަޕޫރުގެ ޞިއްޙަތާއިބެހޭ ވުޒާރާއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު އެކަނި އެޤައުމުން 120 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މިއީ ކޮވިޑް-19 އެޤައުމުގައި ފެތުރެންފެށިފަހުން އެންމެ ގިނަ ކޭސް ރިކޯޑުކުރެވުނު ދުވަހެވެ. އިއްޔެ އެކަނިވެސް އެޤައުމުން 75 މީހުން ޕޮޒިޓިވްވިއެވެ. އެޤައުމުގައި މިހާރު އާ ކޭސްތައް ފެންނަ މިންވަރު މިވަނީ މައްޗަށް އަރާފައެވެ. އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނާގޮތުގައި ވައިރަސްޖެހޭ މީހުންގެ މިންވަރު މިވަނީ %60 މައްޗަށް ޖެހިފައެވެ.

ސިންގަޕޫރުގައި މިހާތަނަށް 1,309 ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު މަރުވީ 6 މީހުންނެވެ. ފަރުވާދީގެން 297 މީހުން ރަނަގޅުކުރެވިފައިވެއެވެ. އަދިވެސް 1,006 މީހަކަށް ފަރުވާދެމުންދާއިރު، މީގެތެރެއިން 24 މީހުންގެ ޙަލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިންގަޕޫރުން މިއަދު އެންމެ ކަންބޮޑުވުން ފާޅުކުރަމުންދަނީ އެޤައުމުގެ ބިދޭސީ މަސައްކަތްތެރިން ތިބޭ 2 ތަނަކުން މީހުން ގިނަ އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މި ދެތަނުގައި ގާތްގަނޑަކަށް 20،000 ބިދޭސީ މަސައްކަތްތެރިން އުޅެއެވެ. އެދެ ތަނުން ވައިރަސް ފެނުމާއި ގުޅިގެން އެތާޏގައި ތިބި އެންމެން 14 ދުވަސްވަންދެން އައިސޮލޭޓްކުރުމަށް ސިންގަޕޫރު ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިފަދަ އެހެން ޑޯމިޓަރީސްގައި ތިބޭ މީހުންނަށް، މިމީހުންނާއި ބައްދަލުނުކުރެވޭ ގޮތައް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ސިންގަޕޫރުން މިއަދު ގިނަ އަަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން، ސިންގަޕޫރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ޒަރޫރީ ޚިދުމަތް ނޫން އެހެން ޚިދުމަތް ދޭތަންތަން އެޕްރީލް މަހުގެ 7 އިން މޭއި 4 ގެ ނިޔަލަށް ބަންދުކުރަން ވަނި ނިންމާފައެވެ. އަދި އިޤްތިޞާދީ އަދި މާލީ ޙަރަކާތްތަކާއި ސްކޫލް ކޮލެޖް، ޔުނިވަރސިޓީތައް ވެސް މި މުއްދަތުގެތެރޭގައި ބަންދުކުރުމަށް ސިންގަޕޫރު ސަރުކާރުން ވަނީ ނިންމާފައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް