ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 17:42
މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު މިއަދު އެމްޕީއެލް ބަނދަރަށް ކައިރި ކުރަނީ
މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު މިއަދު އެމްޕީއެލް ބަނދަރަށް ކައިރި ކުރަނީ
ޔޫސުފް ސޮފްވާން ރަޝީދު
މޯލްޑިވްސް ސްޓޭޓް ޝިޕިންގ
އެމްއެސްއެސް އަކީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދެވޭނެ އުއްމީދެއް: އަމްރު
 
ދުނިޔޭގެ ކޮންމެތަނަކު ހުއްޓަސް ރާއްޖެއަށް މި ޝިޕިންގލައިނުން މުދާ ގެނެވޭނެ
 
އިގްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ
 
ހެޔޮއަގުގައި ވިޔަފާރި ވެރިންނަށް މުދާ ގެނެވި، ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ލިބޭނެ

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އަކީ، ރާއްޖޭގެ ވިޔަފާރިވެރިންނަށް ހެޔޮއަގުގައި މުދާ އެތެރެކޮށް، ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދެއްވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް އެސްޓީއޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ ދަށުން ހިނގަމުން އަންނަ އެމްއެސްއެސްގެ ފުރަތަމަ ބޯޓު ރާއްޖޭގެ ވިޔަފާރި މައި ބަނދަރު ކަމަށްވާ އެމްޕީއެލް މާލޭގެ ބަނދަރުކުރުން ފާހަގަ ކުރައްވައި، އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އަމްރު ވިދާޅުވީ، ރާއްޖޭގައި ޝިޕިންލައިނެއް އަލުން ފެށިގެން ދިއުމަކީ ރާއްޖޭގެ އިގްތިޞާދަށް އޭގެން ނުހަނު ފައިދާ ކުރާނެ، އަދި ރާއްޖެ ފަޚުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުރުވެރިވާ ފަދަ އިންޑަސްޓްރީއެއްގެ ގޮތުގައި ކުރިން ހިންގި އިންޑަސްޓަރީ އަލުން ކޮޅަށްޖަހައި މުސްތަޤްބަލަށް ކުރާ އުއްމީދެއް ކަމަށެވެ.

މުސްތަގްބަލަށް ކުރާ އުއްމީދު ހުއްޓާލައިގެން ނުވާނެ. ރާއްޖޭގައި ޝިޕިންގލައިނެއް އަލުން ފެށިގެން ދިއުމަކީ އެތައް ދިވެހިންނަށް ވަޒީފާ ލިބި، ރާއްޖެއަށް ފަސޭހައިން މުދާ އެތެރެކުރެވި، ރާއްޖޭގެ ވިޔަފާރިވެރިންނަށް ހެޔުއަގުގައި މުދާ ގެނެވި، އަދި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ލިބޭނެކަމުގެ އުއްމީދެއް،
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު

މީގެއިތުރުން އަމްރު ވިދާޅުވީ އެމްއެސްއެސްއަކީ ރާއްޖޭގެ އިސްތިޤްލާލަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

އެމްޕީއެލްގެ ފަރާތުން އެމްއެސްއެސްއަށް ޝީލްޑް އެރުވުން

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކުރިން ދިވެހި ރާއްޖޭގައި ކާމިޔާބު ކަމާއެކު ޝިޕިންގލައިނެއް ހިންގާފައިވާތީ، މިއަދުވެސް އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި، މިފެށޭ ޝިޕިންގލައިނާއެކު ރާއްޖޭގެ އިގްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މިއަދަކީ ވަރަށް ތާރީހީ ދުވަހެއް. ދިވެހި ޝިޕިންގލައިންގެ އާ ޞަފްހާއެއް ހުޅުވިގެންދާ ދުވަހެއް. އަޅުގަނޑު ޔަގީންކުރާގޮތުގައި މި ޝިޕިންލައިންގެ ފައިދާ ދިވެހި ވިޔަފާރިވެރިންނަށް އަދި ވިޔަފާރިތަކަށް އަދި އާންމު ފަރުދުންނަށް ވެސް މީގެ ފައިދާ ކުރާނެ. މުދަލުގެ އަގަށް ހެޔޮބަދަލެއް އަންނާނެ. މިއީ ޝައްކެއް އޮތް ކަމެެއް ނޫން. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން. ދިވެހިރާއްޖޭގެ ތާރީހުގައި ދިވެހިންނަކީ ވަރަށް ކާމިޔާބުކަމާއެކު މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭފަދަ ޝިޕިންގލައިންތަކެއް ހިންގާފައިތިބި ބައެއް. އެހެންކަމުން މިއަދު ފެށިގެން މިދާ މޯލްޑިވްސް ސްޓޭޓް ޝިޕިންގއަކީ ކާމިޔާބުކަމާއެކު ހިންގޭނެ ކަމެއް ކަމަށް އަޅުގަނޑު ހަމަޔަގީނުންވެސް ޝައްކެއް ނުކުރަން.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ

ޝާހިދު ވިދާޅުވީ ދިވެހިންނަކީ ޝިޕިންގލައިންތައް ހިންގުމުގެ ހުނަރާއި ޤާބިލުކަމާއި ކުޅަދާނަކަން އަދި އެކަންކުރުމުގެ ހިތްވަރު ހުރި ބައެއް ކަމަށާއި އެހެންކަމުން މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިނާއެކު މިފެށޭ ދަތުރުވެސް ކާމިޔާބު ކަމާއެކު ކުރިއަށްގެންގޮސް، ރާއްޖޭގެ އިގްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެސްޓީއޯ އާއި އެމްޕީއެމް އަދި އެމްއެސްއެސްގެ އިސްވެރިން

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަކެތި އެއްވެސް ދަތިކަމެއްނެތި، ރާއްޖެ ގެނެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ޚާއްޞަކޮށް މިފަދަ (ކޮވިޑް-19 ރޯގާ) ދަނޑިވަޅެއްގައި ރައްޔިތުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ރާއްޖޭގައި ޤައުމީ ޝިޕިންގލައިނެއް އޮތުމުގެ މުހިއްމުކަން ބޮޑު ކަމަށެވެ.

މި ބޯޓުން، މިދަތުރުގައި މިގެނެވެނީ، ރާއްޖެއަށް މިވަގުތު ބޭނުންވާ ކާބޯތަކެތީގެ ބާވަތްތަކާއި ސިއްހީ ފަރުވާއަށް ބޭނުންވާ ތަކެތި. މީގެންވެސް މިއެނގެނީ ދިވެހިރާއްޖޭގައި ގައުމީ ޝިޕިންގލައިނެއް އޮތުމުގެ މުހިއްމުކަން. އެއީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ބޭނުންވާނެ އެންމެހާ މުހިއްމު ތަކެތި އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތި، އަދި އެއްވެސް ހުރަހެއް ނެތި، ކޮށްދޭނެ ކުންފުންޏެއް އެސްޓީއޯ މެދުވެރިވެގެން އުފައްދަވާފައިވާތީ އުފާކުރަން،
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނީގެ އެމްޑީ އަބްދުﷲ ސައީދު

އެމްއެސްއެސް އިން ބުނީ، އެކުންފުނިން މިހާރު ދަތުރުތައް ކުރަމުންދަނީ ހަމައެކަނި ސްރީލަންކާއާއި ރާއްޖެއާ ދެމެދުގެ ދަތުރުތަކެއް ކަމަށްވިޔަސް، ދުނިޔޭގެ ކޮންމެ ތަނެއްގައި ރާއްޖެއަށް ގެންނަން ބޭނުންވާ މުދަލެއް ހުއްޓަސް ގެނެވޭނެ ގޮތަށް "ގްލޯބަލް ލައިނަރ ސަރވިސަސް"ގެ ޚިދުމަތް ދިނުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ (އެމްއެސްއެސް) ގެ ފުރަތަމަ ބޯޓު "އެމް.ވީ އައިބީރިއަން" އެމްޕީއެލް ބަނދަރަށް ކައިރިކޮށްފައި
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
43%
0%
0%
57%
0%
0%
ކޮމެންޓް