ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 12:09
ދަތުރުވެރިންގެ ކްލިނިކް
ދަތުރުވެރިންގެ ކްލިނިކް
ރާއްޖެ އެމްވީ
ކޮވިޑް-19
ދަތުރުވެރިންގެ ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފި
 
ހެނދުނު 10:00 ން ރޭގަނޑޫ 22:00 އަށް ހިދުމަތް ލިބޭނެ
 
ރޯގާގެ އަލާމާތެއް ހުރި ހުރިހާ ފަރާތަކުންވެސް ކްލިނިކަށް އައުމަށް ވަނީ އިލްތިމާސްކޮށްފައި
 
ކްލިނިކުން ބިދޭސީންނަށްވެސް ހިދުމަތް ދެވޭނެ

ކޮވިޑް-19 އާއި ގުޅިގެން މާލޭ ހިޔާ ދޭއްގެ ފުރަގަހުގައި ގާއިމްކޮށްފަިއވާ ދަތުރުވެރިންގެ ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްދފިއެވެ.

މިކަމާއި ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗް) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފަިއވަނީ، ކޮވިޑް-19 އާއި ގުޅިގެން މާލޭ ހިޔާ 2ގެ ފުރަގަހުގައި ކުރިއަށްގެންދިޔަ ދަތުރުވެރިންގެ ކްލިނިކް 4 އޭޕްރީލް 2020 ވަނަ ދުވަހުން ފެށިގެން ފްލޫ ކްލިނިކަކަށް ބަދަލު ކުރެވިފައިވާކަމަށެވެ. އަދި ކްލިނިކްގެ ޚިދުމަތްތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 ން ރޭގަނޑޫ 22:00 އަށްކަމަށާއި ކްލިނިކަށް ދިވެހިންގެ އިތުރުން ބިދޭސީންވެސް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖެހިފައިވާކަމަށެވެ.

ވީމާ، ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ ޢަލާމާތެއް ހުރިނަމަ، ހޮސްޕިޓަލަށް ދުރުވުމުގެބަދަލުގައި، މި ކްލިނިކަށް ދުރުވެ ޑޮކްޓަރަށް ދެއްކެވުން އެދޭކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުގެ ފަރާތުން މާލެ ސަރަހައްދުގައި ބިދޭސީންނަށް ހާއްސަ ކްލިނިކަކާއި، ސެނެހިޔާގައި ފްލޫކިލިނަކާއި ރާއްޖެއިން ބޭރަށް ދަތުރުކޮށް، 14 ދުވަހުގެ ޓްރެވަލް ހިސްޓްރީއެއް އޮތް ފަރާތްތަކުގެ ތެރެއިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތެއް ނުވަތަ ހުމާ ރޯގާގެ އަލާމާތެއް ހުރި ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް މާލެ ހިޔާ ސަރަހައްދުގައި ވަނީ ޓްރެވެލާރސް ކްލިނިކެއް ގާއިމްކޮށްފައެވެ.

ބަލި ފެތުރިޔަނުދީ ކޮންޓްރޯލް ކުރުމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއަށް ފަތުރުވެރިން އައުން މެދުކަނޑާލުމަށް ނިންމުމާއި، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ހުރިހާ ދިވެހިންވެސް ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުމަށް ނިންމާފައިވުމާއި ގުޅިގެން، ޓްރެވަލާސް ކްލިނިކުން ފަރުވާ ހޯދާ މީހުންގެ އަދަދުތައް އެއްކޮށް މަޑުޖެހުމަކަށް އައިސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު