ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 11:59
ޑައިވިންގްގައި ބަޔަކު ހަރަކާތްތެރިވަނީ
ޑައިވިންގްގައި ބަޔަކު ހަރަކާތްތެރިވަނީ
ކޮވިޑް-19
ވަޒީފާއިން ވަކިކުރާ ޑައިވިންގް އިންސްޓްރަކްޓަރުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭގޮތަށް ހަމަޖައްސައިފި
 
9565152 އަށް ގުޅުއްވުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފަ
 
ވިޝާމްއެންޑް ކޯ ލިލިޕ" ލޯފަރމާއި އެކު ވަނީ އެއްބަސްވުމެއް ހަދާފައި
 
އެސޯސިއޭޝަންގެ ހުރިހާ މެމްބަރުންނަށްވެސް މި ފުރުސަތު އޮންނާނެ

ވަޒީފާއިން ވަކިކުރާ ޑައިވިންގް އިންސްޓްރަކްޓަރުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްް ޑައިވަރސް އެސޯސިއޭޝަން އޮފް ދި މޯލްޑިވިސް އިން ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅިގެން ޑައިވާރސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއިގުޅިގެން ޑައިވިންގް އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ މުސާރަޔާއި އިނާޔަތްތައް ކުޑަކުރުމާއި، ކަނޑާލުމާއި، އަދި، އެއްވެސް އުޖޫރައެއް ނުލިބޭގޮތަށް ޗުއްޓީ (ނޯޕޭ) އަށް ފޮނުވާލަމުން ދާކަން ކަށަވަރުވެފައިވާކަމަށެވެ. އެގޮތުން، މި ޙާލަތުގައި، މިފަދަ ނިކަމެތިކަމެއް ދިމާވާ މި ޖަމިއްޔާގެ މެމްބަރުންނަށް، ޤާނޫނީ އެހީތެރިކަން ހޯދޭނޭގޮތް، އެ ޖަމިއްޔާގެ ފަރާތުން ހަމަޖައްސާފައިވާކަމަށެވެ.

21 ޖުލައި 2019 ގައި، އެ ޖަމިއްޔާ އާއި، "ވިޝާމްއެންޑް ކޯ ލިލިޕީ" ލޯފަރމާއި އެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން، އެ ފަރމުގެ ފަރާތުން ޑައިވާރސް އެސޯސިއޭޝަންގެ މެމްބަރުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޖަމިއްޔާގެ އެއްވެސް މެމްބަރަކަށް ކޮވިޑް 19 ގެ ޙާލަތާއިގުޅިގެން ވަޒީފާގެ ދަތިކަމެއް ދިމާވެފައިވާނަމަ ލަސްނުކުރައްވައި ޤާނޫނީ އެހީތެރިކަން ހޯއްދުމަށް އިލްތިމާސްކުރާކަމަށެވެ. . އެގޮތުން، ހެނދުނު 9:00 އިން 11:00 އަށް އަދި މެންދުރު ފަހު 2:00 އިން 6:00 އަށް 9565152 އަށް ގުޅުއްވުމަށް އެ އެސޯސިއޭޝަންއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް