ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 11:55
މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އިގްތިސާދު ކޮމިޓީ
ކޮވިޑް-19: އިޤްތިސާދީ ކޮމިޓީން ތިން މިނިސްޓްރީއަކާ ސުވާލުކުރަނީ
 
17 ކަމެއް ވަނީ ހަވާލުކުރެވިފައި

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ސުވާލުކުރަން ފާސްކޮށްފިއެވެ.

އެ ވުޒާރާތަކާއި ސުވާލުކުރުމަށް އިގްތިސާދީ ކޮމިޓީން ނިންމާފައިވަނީ ހޮނިހިރު ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބައްދަލުވުމަކީ، ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމު ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް ހުށައަޅާފައިވާ މައްސަލަ ދިރާސާކޮށް ރިޕޯޓްތައް އެކުލަވައިލުމަށް ކޮމިޓީތަކުން ކުރާނެ މަސައްކަތުގެ ތެރެއިން އިގްތިސާދީ ކޮމިޓީއަށް ހަވާލުކުރެވިފައިވާ މަސައްކަތެވެ.

އިގްތިސާދީ ކޮމިޓީ އަށް މަތިކުރެވިފައިވަނީ 17 މައްސަލައެއް ބެލުމަށެވެ.

އިގްތިސާދީ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަތައް

  • މިފްކޯއިން ފެލިވަރުން ގަންނަ މަސް ރައްކާކުރެވޭނެ ސްޓޯރޭޖް 605 ޓަނަށް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފެއްދުމަށް ކުރަމުންދާ މަސައްކަތް ދިރާސާކުރުން.
  • ކޫއްޑޫ ކޭނަރީގެ މަސައްކަތް ފެއްޓުމަށް ކުރަމުންދާ މަސައްކަތްތައް ދިރާސާކުރުން
  • ކޮވިޑް-19 ގެ ސަބަބުން މަސްދޯނިފަހަރާއި މަހުގެ ވިޔަފާރިތަކަށް ކުރާ އަސަރު ދެނެގަތުން،
  • ގޭދޮށު މަސްފެކްޓްރީތައް އެކުލަވާލުމުގެ މަސައްކަތްތައް ދިރާސާކުރުން
  • ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތަކާއި އިޤްތިސާދީ ހާލަތު ރަނގަޅުކުރެވެން އެޅިދާނެ ފިޔަވަޅުތައް ދިރާސާކޮށް ކަމާގުޅޭ މިނިސްޓްރީތަކަށް ލަފާދިނުން.
  • ދިވެހިންގެ ތެރޭގައި ތިބި އެކި ފަންނުގެ މީހުން އެއްކޮށް އެކި ދާއިރާތަކުން ޕްރޮފެޝަނަލުންގެ ޕްލެޓްފޯރމުތައް ހަދާ، (ތިންކް ޓޭންކް) ތައް މެދުވެރިކޮށް ޤާބިލު ޒުވާނުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރެވޭނެ ޕްލެޓްފޯމެއް އެކުލަވާލުމުގެ މަސައްކަތްކުރުން.
  • އެންމެ ކުދި ވިޔަފާރިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިގްތިސާދީ މަސައްކަތްތައް ވިލަރެސްކުރުމާއި، އިޤްތިޞާދީ މަސައްކަތްތަކަށް ހުއްޓުމެއްނައިސް

އެ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަތައް ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވައިލުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް