ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 06:52
ކޮވިޑް-19 ޓާސްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޮވިޑް-19 ޓާސްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރައީސް އޮފީސް
ކޮވިޑް-19
ކަރަންޓީން މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ރިސޯޓުތައް ފުރިއްޖެނަމަ ސްކޫލްތައް ބޭނުންކުރާނަން: މަބްރޫކް
 
މިވަގުތު ކަރަންޓީނު ފެސިލިޓީތަކުގައި 833 މީހަކު އެބަތިބި
 
ކަރަންޓީނުގައި މީހުން ބޭތިއްބޭނެ ބައިވަރު ގޮތްތައް އެބަހުރިކަމަށް މަބްރޫކް ވިދާޅުވި

މިހާރު ކަރަންޓީން މަރުކަޒުގެ ގޮތުގައި ބޭނުންކުރަނުންދާ ރިސޯޓުތައް ފުރިއްޖެ ހާލަތެއްގައި ސްކޫލް ހޯލުތައްވެސް ބޭނުންކުރާނެކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ފިޔަވައި ހުރިހާ އެންމެން ސަރުކާރުން ދައްކާ ތަނެއްގައި 14 ދުވަސް ވަންދެން ކަރަންޓީނުވެފައި ތިބެންޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު މަބްރޫކް ވިދާޅުވީ މިވަގުތު ގެނެވޭ އެންމެން ކަރަންޓީނު ފެސިލިޓީތަކުގައި ބޭތިއްބޭނެވަރުގެ ކެޕޭސިޓީ އެބަހުރިކަމަށެވެ. އަދި 14 ދުވަސް ހަމަވުމުން ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުން ދޫކޮށްލަމުން ދާނެކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ޖާގަ ނެތިގެން ރާއްޖޭގައި ތިބި ދިވެހިން ނުގެނެސް ނުތިބޭނެކަމަށެވެ. ކަރަންޓީނުގައި މީހުން ބޭތިއްބޭނެ ބައިވަރު ގޮތްތައް އެބަހުރިކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިކަމުގައި އިތުރު ރިސޯޓްތައް ބޭނުންކުރެވޭނެ އަދި އޭގެ އިތުރުން ކުރަން ޖެހިއްޖިއްޔާ ހަމަ ވަކިން ހުންނަ ސްކޫލްތައް ކަހަލަ ހޯލްތައް ކަހަލަ ތަންތަން ނަގާފައިވެސް ހަމަ އެމީހުން ގެނެސް ބޭރު ތަންތާންގައިވެސް ހަމަމިކަން ކުރާގޮތަށް ހަމަ 14 ދުވަހުގެ މުއްދަތު ހަމަކުރާގޮތަށް ތަންތަން ބޭނުންކުރެވިދާނެ. އެހެންވީމާ އަޅުގަނޑުމެންގެ ކެޕޭސިޓީގައި މައްސަލައެއް އުޅެގެންނެއް ނޫން އަޅުގަނޑުމެންނަށް މިކަން ނުވެގެން މިއުޅެނީ. މިކަން ކުރަން ޖާގަ ލިބުނުވަރަކުން މިކަން ކުރަމުންދާނަން.
މަބްރޫކް އަޒީޒު

މިވަގުތު ކަރަންޓީނު ފެސިލިޓީތަކުގައި 833 މީހަކު އެބަތިއްބެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވިފައި ތިބި ދިވެހިން، ޚާއްޞަކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް