ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 06:55
ކޮވިޑް-19 އެންމެ ހަލުވިމިނުގައި ފެތުރެނީ އެމެރިކާގައި
ކޮވިޑް-19 އެންމެ ހަލުވިމިނުގައި ފެތުރެނީ އެމެރިކާގައި
ފްރާންސް 24
ކޮވިޑް-19
ކޮވިޑް-19: އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 3 ލައްކައަށް ވުރެ މައްޗަށް އަރައިފި
 
ދެން އެންމެ ގިނަ މީހުންނަށް އެމެރިކާގައި ވައިރަސް ޖެހުމުން އަންނަނީ ނިއުޖާޒީގައި
 
ހަމައެކަނި ނިއުޔޯކުން 113,833 މީހުންނަށް ވައިރަސް ޖެހިފައިވޭ
 
އެމެރިކާގައި އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުން އަންނަނީ ނިއުޔޯކްގައި

އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 3 ލައްކައަށްވުރެ މައްޗަށް އަރައިފި އެވެ.

އެންމެފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ހަލުވި މިނުގައި ދުނިޔޭގައި ވައިރަސް ފެތުރެމުންދާ އެމެރިކާއިން މިހާތަނަށް 305,820 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. މިހާތަނަށް އެގައުމުން 8,344 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

އެމެރިކާއިން ހޮނިހިރު ދުވަހު އެކަނިވެސް މުޅިން އަލަށް 27,867 މީހުންނަށް ވައިރަސްޖެހިފައިވާ ކަމަށް ރިކޯޑްތަކުން ދައްކައެވެ. އަދި ހޮނިހިރު ދުވަހު އެކަނި އެގައުމުން 1,139 މީހުން މަރުވެފައިވާކަމަށް ރިކޯޑްތައް ދައްކައެވެ. އެމެރިކާއަކީ 3 ވަނަ އަށް މިވަގުތު އެންމެ ގިނަ މީހުން ވައިރަސް ޖެހިގެން މަރުވަމުންދާ ގައުމެވެ.

އެމެރިކާގައި އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުން އަންނަނީ ނިއުޔޯކްގަ އެވެ. ނިއުޔޯކްގައި އެކަނި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗެވެ. އެގޮތުން ހަމައެކަނި ނިއުޔޯކުން 113,833 މީހުންނަށް ވައިރަސް ޖެހިފައިވާއިރު އެންމެ ގިނަ މީހުން މަރުވަމުން އަންނަނީވެސް ނިއުޔޯކުންނެވެ. އެގޮތުން މިހާތަނަށް 3,565 މީހުން ނިއުޔޯކުން ވަނީ މަރުވެފަ އެވެ. ނިއުޔޯކަށްފަހު ދެން އެންމެ ގިނަ މީހުންނަށް އެމެރިކާގައި ވައިރަސް ޖެހުމުން އަންނަނީ ނިއުޖާޒީގަ އެވެ. އެއީ 34,124 މީހުންނެވެ. އެސިޓީގައި މަރުވެފައިވަނީ 846 މީހުންނެވެ.

އެމެރިކާގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އޭޕްރީލްމަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ "ސޯޝަލް ޑިސްޓޭންސް" ގެ އައު ގައިޑްލައިނެއް އެކުލަވާލާ އެއާއެއްގޮތަށް އަމަލުކުރުމަށް އަންގާފަ އެވެ. ވައިޓްހައުސްއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން މިގައިޑްލައިނާ އެއްގޮތަށް އަމަލުކުރިނަމަވެސް އެމެރިކާގައި އެއްލައްކަ އާއި ދެލައްކަ ސާޅީސްހާހާ ދެމެދުގެ އަދަދަކަށް މީހުން މިވައިރަސް ޖެހިގެން މަރުވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް