ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 23:09
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން އާއި ލޯބިވެރިޔާ ކެރީ ސައިމަންޑްސް
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން އާއި ލޯބިވެރިޔާ ކެރީ ސައިމަންޑްސް
ރޮއިޓަރސް
ކޮވިޑް-19
އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ ލޯބިވެރިޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
 
މިދިޔަ ހުކުރު ދުވަހު ބޯރިސް ޖޯންސަންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިކަން ހާމަކޮށްފައި
 
މިހާރު އެނާގެ ހާލު ރަނގަޅުވަމުންދާ ކަމަށް ވަނީ ބުނެފައި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ ލޯބިވެރިޔާ ކެރީ ސައިމަންޑްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސައިމަންޑްސް ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާކަން ހާމަކޮށްފައިވާއިރު ބޯރިސް ޖޯންސަންވެސް ވަނީ މިދިޔަ ހުކުރު ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ސައިމަންޑްސް ހޮނިހިރު ދުވަހު ކޮށްފައިވާ ޓްވީޓްގައި ވަނީ ކޮވިޑް-19 ޖެހުމާއި ގުޅިގެން ފާއިތުވި ހަފުތާ އޭނާ އެކަމަނާ އެކަހެރިވަޑައިގެން ގޭގައި އަރާމުކުރެއްވުމަށެވެ. ހަފުތާއެއްހާ ދުވަހު އަރާމު ކުރެއްވުމަށްފަހު މިހާރު އެކަމަނާގެ ހާލު ރަނގަޅުވަމުންއަންނަކަމަށް އެކަމަނާގެ ޓްވިޓަރގައި ވިދާޅުވެފައިވެއެވެ. އަދި އެކަމަނާ މިވަގުތު ދަރިކަލަކަށް މާބަނޑުވެ އިނުމާއެކު، މާބަނޑު އެހެން އަންހެނުން މިކަމާއި ކަންބޮޑު ނުވުމަަށް އިލްތިމާސްކުރައްވާފައެވެ. އަދި މިކަމާއި ގުޅިގެން ދެއްވާ އިރުޝާދުތަކާއި ސަމާލުތަކައް މާބަނޑު އަންހެނުން ސަމާލުވުމަށް އެކަމަނާ ވަނީ އިރުޝާދުދެއްވައެވެ.

އުމުރުފުޅުން 55 އަހަރުފުޅުގެ ޖޯންސަން އާއި، 31 އަހަރުފުޅުގެ ސައިމަންޑަށް ދަރިކަލަކު ލިބިވަޑައިގަންނަވަން އުޅުއްވާކަން ހާމަކޮށްފައިވަނީ ސައިމަންޑް ކުރެއްވި އިންސްޓަރގްރާމްގެ ޕޯސްޓެއްގައެވެ. މިޕޯސްޓިގައި އެކަމަނާ ވިދާޅުވެފައިވަނީ އެދެބޭފުޅުން މިދިޔަ އަހަރު އެންގޭޖް ވެފައިވާކަމަށާއި، ފުރަތަމަ ދަރިފުޅަށް މިހާރު އިންތިޒާރުކުރައްވަމުން ގެންދަވާކަމަށެވެ. މީގެއިތުރުން މި ދެ ބޭފުޅުން ވަރަށް އަވަހަށް ކައިވެނިކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި ވިލާތުން ކޮވިޑް -19 ޖެހުނު މީހުންގެ އަދަދު ވަނީ 41،903 އަށް އަރާފައެވެ. މި ވައިރަސްގެ ސަބަބުން އެގައުމުން ވަނީ 4313 މީހަކު މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
33%
17%
0%
50%
0%
0%
ކޮމެންޓް