ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 21:18
މާލޭގައި ހިންގާ ފާމަސީތަކެއް
މާލޭގައި ހިންގާ ފާމަސީތަކެއް
ރާއްޖެއެމްވީ
އާސަންދަ
އައިޑީކާޑުގެ ފޮޓޯއެއް ދެއްކި ނަމަވެސް ބޭސް ދޫކުރާނެ: އާސަންދަ
 
އާންމުންނަށް ލުއި ފަސޭހަކޮށް ދިނުމަށް ނިންމި ނިންމުމެއް
 
އައިޑީކާޑު ފޮޓޯ ދެއްކުމުން އާސަންދަ ޕޯޓަލްއިން ޗެކްކުރާނެ
 
ލައިސަންސް ކާޑާއި ޕާސްޕޯޓު ދެއްކައިގެން ވެސް ބޭސް ނެގޭނެ

ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތި، ނަންބަރު ފެންނަ ފޮޓޮއެއް ހުށަހެޅުމުން ބޭސްދޫކުރާނެ ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިން ބުނީ ކޮވިޑް19 އާއި ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އާސަންދަ ޚިދުމަތްދޭ ހުރިހާ މަރުކަޒަކުންވެސް، ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ޙާލަތެއްގައި، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހެޅޭނެ ކަމަށެވެ.

އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދަ ޚިދުމަތް އެމީހަކަށް ލިބިދެވޭނެ އިންތިޒާމު އާސަންދަ ކުންފުނިން ހަމަޖައްސާފައިވާ ކަމަށް އާސަންދައިން ބުނެއެވެ.

ކޮވިޑް-19އާ ގުޅިގެން އާސަންދައިން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން ދިގުމުއްދަތަކައް ބޭސް ބޭނުންކުރާ ފަރަތްތަކަށް، އާސަންދައިގެ ޚިދުމަތްލިބޭ ހުރިހާ ފާމަސީތަކުން ބޭސް ސިޓީ އާނުކޮށް ބޭސް ނެގޭނެގޮތަށް ވެސް އާސަންދައިން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން "އާސަންދަ" ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ ، ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ނުހިމެނޭ ހުރިހާ ފާމަސީއަކުންވެސް މިޚިދުމަތް 27 މާރޗް އިން ފެށިގެން ލިބެންހުންނާނެ ކަމަށް އާސަންދައިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް