ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 19:39
ފާތިމަތު ޖަމީލް (ކ-2) ވަނައަށް
ފާތިމަތު ޖަމީލް (ކ-2) ވަނައަށް
ސޯޝަލް މީޑިއާ
ފާތިމަތު ޖަމީލް
ފާތިމަތު ޖަމީލް އަވަހާރަވެއްޖެ
 
އަންހެނުންގެ ތަރައްގީއަށް އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވޭ
 
އެކަމަނާ އަވަހާރަވީ މިއަދުގެ ވަގުތެއްގައި

ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އަންހެނުންގެ ތަރައްގީގެ އެންމެ އިސް މަޤާމުތަކާއި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ފާޠިމަތު ޖަމީލް އަވަހާރަވެއްޖެއެވެ.

ފާޠިމަތު ޖަމީލަކީ ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރުމަނިކުފާނު އަދި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާ އަވަހާރަވީ ހޮނިހިރު ދުވަހެއްގެ ވަގުތެއްގައެވެ.

ފާޠިމަތު ޖަމީލަކީ ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާ، އެ ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުހިންމު އެތައް މަޤާމުތަކެއް ފުރުއްވާފައިވާ އަދި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ފާޠިމަތު ޖަމީލް އަވަހާރަވީ، އުނދަގުލެއް ވެގެން މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް މެންދުރުފަހުގެ ވަގުތެއްގައިކަމަށް މަޢުލޫމާތު ލިބެއެވެ. އެކަމަނާއަކީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަޤާމާއި، އަދި ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ޒާހިޔާ ޒަރީރުގެ މަންމާފުޅެވެ.

ފާޠިމަތު ޖަމީލް އަދާކުރެއްވި ބައެއް މަޤާމުތަކުގެ ތެރޭގައި 1978 އިން 1993 ވަނަ އަހަރަށް ރާއްޖޭގެ އަންހެނުންގެ އިދާރާގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި 1980 ވަނަ އަހަރު އަންހެނުންގެ ޤައުމީ ކޮމެޓީގެ ރައީސްގެ އިތުރުން، އޮފީސް އޮފް ވިމެންސް އެފެއަރޒުގެ ވެރިއެއްގެ ގޮތުގައިވެސް އެކަމަނާ ހުންނެވިއެވެ.

އަދި 1988 ގައި އުފެއްދި ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއަރޒްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ވެސް ފުރުއްވި އެވެ. މިއީ އަންހެނުންގެ ތަރައްޤީއަށް ޢަމާޒުކޮށް ޑިޕާޓްމަންޓެއްގެ ފެންވަރުގައި އުފެއްދި ފުރަތަމަ ރަސްމީ އިދާރާއެވެ. ފަހުން ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ވިމެންސް އެފެއަރޒް މިނިސްޓްރީ އުފައްދަވާ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު އެކަމަނާ އަދާކުރެއްވިއެވެ.

ފާތިމަތު ޖަމީލް (ވ) އަންހެނުންގެ ގައުމީ ކޮމިޓީގައި

ރާއްޖޭގައި އަންހެނުންނަށް ޚާއްޞަކޮށްގެން 1993 ގައި އުފެއްދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފައަރޒް އެންޑް ސްޕޯޓްސްގެ ނައިބުގެ މަޤާމު 2000 ވަނަ އަހަރާ ހަމައަށް އެކަމަނާ ފުރުއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ވެސް ދިގު މުއްދަތަކަށް އެކަމަނާ ކުރެއްވެވިއެވެ.

ފާޠިމަތު ޖަމީލުގެ ފިރިކަލުންނަކީ، އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ވަޒީރުލްއައުޒަމްގެ ނާއިބުކަން ކުރެއްވި ވޭފުޅެވެ. އަދި އިބްރާހިމް ނާސިރުގެ ނައިބު ރައީސަކަށް ވެސް އައްނަބީލް ހަސަން ޒަރީރު ހުންނެވިއެވެ. ހަސަން ޒަރީރު ވަނީ އެޑިކޭޝަން މިނިސްޓަރުކަމާއި ޓްރާންސްޕޯޓް މިނިސްޓަރުކަން އަދި ޕްރޮވިންޝަލް އެފެއަރޒްގެ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ފާޠިމަތި ޖަމީލާއި ޙަސަން ޒަރީރަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަމާއި ލަންކާގެ ސަފީރުކަން ކުރެއްވި ޒާހިޔާ ޒަރީރުގެ އިތުރުން، ޒީނިޔާ ޒަރީރާއި ޒަރާނާ ޒަރީރު އަދި އަޙްމަދު ޒަރީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް
5 އޭޕްރިލް 2020 | އާދީއްތަ 12:56
ސީދާ
އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން ! އެ މަރްޙޫމާގެ ފުރާނަފުޅު މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލައްވާށި !އާމީން !