ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 18:55
ޔޫއޭއީގެ އެއަރޕޯރޓް ޑިސްއިންފެކްޓް ކުރުމުގެތެރެއިން
ޔޫއޭއީގެ އެއަރޕޯރޓް ޑިސްއިންފެކްޓް ކުރުމުގެތެރެއިން
އަލް-އަހެދް ނިއުސް
ކޮވިޑް-19
ކޮވިޑް- 19: ޔޫއޭއީން އިތުރު 241 ކޭސް ރިޕޯޓުކޮށްފި
 
މިހާރުވެސް 1,147 މީހުންނަށް ފަރުވާދެމުންދާއިރު މީގެތެރެއިން 2 މީހުންގެ ޙަލަތު ވަރަށް ސީރިއަސް
 
ޔޫއޭއީގައި ވައިރަސްގައި މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފަ
 
ޔޫއޭއީން ވައިރަސް ޖެހުނު މީހުންގެ ޖުމުލު އަދަދު ވަނީ 1،505 އަށް އަރާފަ

ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިތުރު 241 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވިކަމަށް ރިޕޯޓުކޮށްފިއެވެ.

އެޤައުމުގެ ޞިއްޙަތާއި ބެހޭ އިދާރާގެ ތަރުޖަމާނު ޑރ. ފަރީދާ އަލް ޙުސައިނީއާއި ޙަވާދީ ގަލްފުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޔޫއޭއީން އިތުރު 241 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލު އަދަދު ވަނީ 1،505 އަށް އަރާފައެވެ. މިއީ އެޤައުމުގައި ވައިރަސްގެ ފުރަތަމަ ކޭސް ރިޕޯޓުކުރެވުނު ފަހުން އެންމެ ގިނަ ކޭސް ރިޕޯޓުކުރެވުނު ދުވަހެވެ.

މިއަދު، ޔޫއޭއީގައި ވައިރަސްއަށް ފަރުވާދެމުންދަނިކޮށް އެކަކު ވަނީ މަރުވެފައެވެ. މިއާއެކު ވައިރަސްގައި މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އެޤައުމުގައި ފަރުވާދީގެން 125 މީހުންވަނީ ރަނަގޅުކުރެވިފައެވެ. މިހާރުވެސް 1,147 މީހުންނަށް ފަރުވާދެމުންދާއިރު މީގެތެރެއިން 2 މީހުންގެ ޙަލަތު ވަރަށް ސީރިއަސްކަމަށް ޑރ ފަރީދާ ވިދާޅުވަފައިވެއެވެ. ޑރ. ފަރީދާ ވިދާޅުވީ ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ ނިޞްބަތް ގިނަ ވަމުންދަނީ އެޤައުމުގައި ވައިރަސްއަށް ތަހުލީލިކުރެވޭނެ ނިޒާމު ހަރުދަނާކުރުމާއި އަދި ވައިރަސްއަށް ޓެސްޓްކުރެވޭ މީހުންގެ އަދަދު ގިނަކޮށްފައިވާތީއެވެ.

ޑރ . ފަރީދާވަނީ ހުރިހައި އެންމެން ވައިރަސްއިން ރައްކާތެރިވުމަށް މާސްކް އަޅަން އިލްތިމާސްކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، އަރިދަފުސް ރޯގާއާއި ނޭވާލާނިޒާމުގެ ބަލިތައް ހުންނަ މީހުން މާސްކް އެޅުމަށް އިސްކަން ދިނުމަށް ޑރ. ފަރީދާ ވަނީ އިލްތިމާސްކުރައްވާފައެވެ.

0%
25%
75%
0%
0%
0%
ކޮމެންޓް