ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 18:56
ކުޑަކުދިންނަށް ޖިންސީ އަނިޔާކުރަމުންދާތީ، ހޭލުންތެރިކަން އިތުރުކުރުމަށް އާންމުކޮށްފައިވާ ޕޯސްޓަރެއް
ކުޑަކުދިންނަށް ޖިންސީ އަނިޔާކުރަމުންދާތީ، ހޭލުންތެރިކަން އިތުރުކުރުމަށް އާންމުކޮށްފައިވާ ޕޯސްޓަރެއް
ޕޮލިސް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން
13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި
 
މިމައްސަލާގައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފަ

މެދުއުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މަތިއުތުރު (ކ، އއ، އދ އަދި ވ އަތޮޅު) ފުލުހުންގެ ޑިވިޝަނަށް މި މައްސަލަ ހުށަހަޅާފައިވަނީ ހޮނިހިރު ދުވަހު ކަމަށާއި، މި މައްސަލަ އާއި ގުޅިގެން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ޖިންސީ އަނިޔާތަކުގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާނެ ކަމަށެވެ.

މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ކުޑަކުދިން ގުޅޭ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ރައްކާ ކުރުމުގެ ގޮތުން ކުދިން ނިސްބަތްވާ ރަށް އަދި ވަކި އަތޮޅެއްކަން ވެސް ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް