ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 17:44
ޝާހުރުކް ޚާން އާއި ގައުރީ ޚާން
ޝާހުރުކް ޚާން އާއި ގައުރީ ޚާން
ހިންދުސްތާނީ ޓައިމްސް
ކޮވިޑް-19
ޝާހުރުކް ޚާންގެ އޮފީސް އިމާރާތް ކަރަންޓީން ފެސިލީޓީއަކަށް ހަދައިފި
 
ޝާހުރުކް ވަނީ ޕީއެމް ކެއަރ ފަންޑަށް ވެސް ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައި
 
މި ކަރަންޓީން ފެސިލިޓީ ގައި ތިބޭނީ އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން

ބޮލީވުޑްގެ ތަރި ޝާހުރުކް ޚާނާއި އޭނާގެ އަންހެނުން ގައުރީ ޚާން ވަނީ އެމީހުންގެ އަމިއްލަ އޮފީސް ހުންނަ ހަތަރު ބުރީގެ ޢިމާރާތް ކަރަންޓީން ފެސިލިޓީއަކަށް ހެދުމަށް ބްރިހާންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އަށް ދީފިއެވެ.

ރިޕޯޓުތައްބުނާގޮތުންނަމަ، މި ކަރަންޓީން ފެސިލީޓީއަކީ އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ތިބުމަށް ޤާއިމުކުރާ ކަރަންޓީން ފެސިލިޓީއެކެވެ. ބޮލީވުޑްގެ ސުޕރަ ސްޓާރ ޝާހުރުކާއި އޭނާގެ އަންހެނުންނަށް ބީއެމްސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޝާހުރުކްގެ އޮފީސް ކަރަންޓީން ފެސިލިޓީއަށް ހެދުމަށް ދީފައިވާއިރު މީގެ ކުޑަދުވަސްކޮޅެއްކުރިން އޭނާ ވަނީ ކޮވިޑް-19 އާއި ގުޅިގެން ހުޅުވާފައިވާ ޕީއެމް ކެއަރ ފަންޑަށް ގިނަ ޢަދަދެއްގެ ފައިސާވެސް ހަދިޔާކޮށްފައެވެ.

މީގެ އިތުރުންވެސް އެސްއާރުކޭގެ "މީރު" ފައުންޑޭޝަނުން މި ހުސްވި މަހު ވަނީ މުމްބާއީގައި ކާބޯތަކެތީގެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ.

މީރު ފައުންޑޭޝަނުން އެހެން ފައުންޑޭޝަން ތަކާއި ގުޅިގެންވެސް ދިރިއުޅުމުގައި ޢާންމު ޙާލަތު ދަށް މީހުންނާއި ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް