ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 13:48
ލަންކާ އަށް ކެއާ ޕެކޭޖް ފޮނުވަން ބަޔަކު ކިޔޫޖެހިގެން
ލަންކާ އަށް ކެއާ ޕެކޭޖް ފޮނުވަން ބަޔަކު ކިޔޫޖެހިގެން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ލަންކާގައި ތިބި އާއިލާތަކަށް އެހީވާން ރައްޔިތުން ކިއޫ ދަމާލައިފި
 
މާދަމާ ޕެކޭޖްތައް ފޮނުވާލެވެނޭ
 
ޕެކޭޖްތަކާއި ހަވާލުވަނީ ލަންކާ ހައިކޮމިޝަނުން
 
ޕެކޭޖް ހަވާލުކުރަން ހަމަޖެހިފައިވަނީ ހެނދުން ނުވަޔަކުން އެކެއް ޖަހަންދެން

ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ރާއްޖޭގައި ތިބި އާއިލާގެ މެމްބަރުންގެ ފަރާތުން ކެއާ ޕެކޭޖް ފޮނުވުމަށް ހުޅުވާލުމުން ގިނަ ބަޔަކު ކިޔޫ ހަދައިފިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ބަސް ސްޓޭޝަންގައި ހެނދުނު 9:00 އިން ފެށިގެން ކެއާ ޕެކޭޖް ހަވާލުކުުރުމަށް ގިނަ ބަޔަކު ވަނީ ކިޔޫ ހަދާފައެވެ. ކެއާ ޕެކޭޖް ބަލައިގަންނަނީ މެންދުރު އެކެއް ޖެހުމާއި ހަމަޔަށެވެ. މޯލްޑިވިއަނުން ބުނީ، މިހާތަނަށް ލަންކާގައި ދިރިއުޅޭ ފަރާތްތަކަށް ފޮނުވަން 666 ޕެކޭޖް ލިބިފައިވާ ކަމަށެވެ.

އެ ޕޭކެޖްތައް ހިފައިގެން މޯލްޑިވިއަންގެ ކާގޯ ބޯޓު ފުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. އަވަށްޓެރި ސްރީލަންކާގައި 15،000 އަށްވުރެ ގިނަ ދިިވެހިން ދިރިއުޅެއެވެ. ފޮރިން މިނިސްޓްރީން ބުނީ، ލަންކާއަށް ފޮނުވާތަކެއްޗާ ހަވާލުވަނީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނެވެ. ކެއާ ޕެކޭޖް ގެތަކަށް ޑެލިވަރކުރާނީ ހައިކޮމިޝަނުންނެވެ.

ލަންކާއަށް ތަކެތި ފޮނުވަން ބޭނުންވަ ފަރާތްތަކުން ޖެހެނީ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި އޮންލައިންކޮށް ރެޖިސްޓްރީ ކުރާށެވެ. ރެޖިސްޓްރީވެވުނުކަން ކަށަވަރުކޮށް މިނިސްޓްރީން ފޮނުވާ މެސެޖު ލިބުނުކަން ޔަގީންކުރެއްވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ކޮންމެ އާއިލާއަކަށް ފޮނުވެނީ ގިނަވެގެން 15 ކިލޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް