ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 13:05
ކޮރޯނާވައިރަސް ފެނުނު ހުނާންގެ ސީފުޑް މާކެޓް
ކޮރޯނާވައިރަސް ފެނުނު ހުނާންގެ ސީފުޑް މާކެޓް
އޭޕީ
ކޮވިޑް-19
ޗައިނާއިން ރިކަވަރވި މީހުންގެ އަދަދުތަކާއި މެދު ބޮޑެތި ސުވާލުތަކެއް!
 
ޗައިނާއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައި

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ގައުމުތަކުގެ އިގްތިސާދު އިނދަޖެހި، އެތައް ބަޔަކު ތިބީ ގޭ ބަންދުވެފައެވެ. އެކަމަކު އެ ބަލި އުފަންވެގެން އައި ޗައިނާ މިހާރު އޮތީ ހިންދެމިލައިގެންނެވެ. ދެ މަސް ދުވަހުގެ ގޭ ބަންދަކަަށް ފަހު ވޫހަން ވަނީ ހުޅުވާލާފައެވެ. އެ ސަރަހައްދުގައި ތާށިވެފައި ތިބި މީހުންނަށް އަންނަ ހަފްތާއިން ފެނިގެން ސަރަހައްދު ދޫކޮށް ދެވޭނެއެވެ. އެކަމަކު ވައިރަސް އަނެއްކާވެސް ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އޮފިޝަލުން ވަނީ ވޫހަންގެ ރައްޔިތުން މާ ގިނައިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައެވެ.

ވައިރަހުން ސަލާމަތްވުމުގެ މަސައްކަތް ޗައިނާއިން ކުރަމުންދާއިރު، އެ ގައުމުން ރިޕޯޓްކުރާ ކޭސްތަކުގެ އަދަދުގެ ސައްހަ ކަމާއިމެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވަނީ މި ސުވާލުތަކުގައި ބުރަދަނެއް ނެތް ކަމަށް ވިދާޅުވެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ވިދާޅުވީ ގޮތުގައި، ޗައިނާއިން ކޮވިޑް-19 އާ ގުޅޭ މައުލޫމާތުތައް ދުނިޔެއަށް ހާމަކުރަމުން އައި ދެފުށް ފެންނަ ގޮތަށް، ވަގުތުން ވަގުތަށެވެ.

ހަމަ އެއާއި އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިންވެސް ވަނީ ޗައިނާއާ ގުުޅުވައި ދައްކާ ވާހަކަތައް ދިފާއުކޮށްފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ތުހުމަތު ކުރާ ގޮތުގައި، އެމެރިކާއިން ޗައިނާގެ "ބޮލަށް ކަނޑާލަނީ" އެ ގައުމު މިއަދު އޮތް ހާލަތުންނެވެ.

ޗައިނާގެ އަދަދުތަކާއި މެދު ސުވާލު އުފައްދަނީ އެމެރިކާއިން އެކަންޏެއް ނޫނެވެ. ޗައިނާގެ ބިޒްނަސް ޕަބްލިކޭޝަން ކައިޒިނުން މީގެ ކުރިން ބުނެފައިވާ ގޮތުން، ޗައިނާއިން މީހުން މަރުވި އަދަދަށްވުރެ ގިނައިން ވޫހަން އަށް ''ފިއުނިރަލް އަރންސް'' ފޮނުވާފައިވާ ކަމަށެވެ. އަރންސް އަކީ މީހުންގެ ހަށިގަނޑު އަންދާލުމަށް ފަހު އަޅި އަޅަން ބޭނުންކުރާ ގުޅި ޒާތުގެ އެއްޗެކެވެ.

ނަމަވެސް ޖެނުއަރީ 25 ވަނަ ދުވަހުން ފެށިގެން ވުހަން ގައި ޖަނާޒާގެ ކަންތައް ހުއްޓާލާފައިވުމާއެކު ކޮރޯނާވައިރަސް ޖެހިގެން ނޫން ގޮތް ގޮތަށް މަރުވި މީހުން އެންދުމަށް ފަހު ބޭނުންކުރުމުގެ ފުރުސަތު ބޮޑެވެ.

ސީއެންއެންއިން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުން ފްރޮންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ހިއްސާކޮށްފައިވާ ވާހަކަތަކަށް ބަލާއިރު ޗައިނާއިން ރިޕޯޓްކުރާ އަދަދުތަކުގައި ފަރަގުތަކެއް އެބަ އުޅެއެވެ. މީގެ ފަހަތުގައި އެކަށީގެންވާ ވަރަށް ޓެސްޓު ނުކުރެވުން ހިމެނެއެވެ. މިއީ ހުރިހާ ގައުމެއްގައިވެސް ދިމާވެފައިވާ ހާލަތެވެ. ވޫހަންގައި ދިރިއުޅޭ ޑޯރާ ޖިއަންގް ބުނީ، އޭނާގެ ބޮޑުބޭބެ ގެ ޓެސްޓު ހަދަން ހަތަރު ދުވަސް ނެގި ކަމަށެވެ.

ވޫހަން ގައި ދިރިއުޅޭ ކައިލީ ހުއަ ބުނީ، ޖެނުއަރީ މަހުގެ މެދު ތެރޭގައި އޭނާގެ މަންމަ މަރުވުމަށް ފަހު ނިއުކްލިކް އެސިޑް ޓެސްޓް ހަދާފައިނުވާ ކަމަށެވެ. އެ ޓެސްޓް ހެދުދުނަމަ ކޮރޯނާވައިރަސް ހަށިގަނޑު ތެރޭގައި ހުރިކަމުގެ ނިޝަން ފެނުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އޭނާގެ މަންމަވެސް މަރުވި ސަބަބެއް ކަމަށް ކަނޑައަޅާފައިވަނީ ނިއުމޯނިއާ ކަމަށް ހުއާ ބުންޏެވެ. މަންމަ އަށް ފަރުވާދެމުންދިޔަ ޑޮކްޓަރު، މަންމަ އަށް ކޮރޯނާވައިރަސް ޖެހިފައިވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން ކޮރޯނާވައިރަސް ޖެހިގެން މަރުވީ ކަމަށް ބުނާ މީހުންގެ އަދަދުތަކުގެ ތެރޭގައި މަންމައެއް ނުހިމެނެއެވެ. އެއާއި އެކު ހުއާގެ މަންމަ މަރުވީ ކޮރޯނާވައިރަހުގެ ސަބަބުން ކަމަށް ރަޖިސްޓްރީ ކޮށްފައެއް ނުވެއެވެ.

ޗައިނާގެ އޮފިޝަލުން ގެންދަނީ އެ ގައުމުން ރިޕޯޓްކުރާ އަދަދުތަކާއި މެދު ސުވާލު އުފައްދާ ކޮންމެ ފަހަރަކު އެ ވާހަކަތައް ދޮގުކުރަމުންނެވެ. ޗައިނާއިން ބުނާ ގޮތުން އެ ގައުމުގައި ކޮވިޑް-19 ޖެހުނު 82،000 މީހުންގެ ތެރެއިން 76،000 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިކަމުގައި ސުވާލު އުފެއްދުމުގެ ފަހަތުގައި އަދަދުތައް ގުނުމުގައި ގެންގުޅޭ އުސޫލުތަކަށް ދެތެރެ ދޭތެރެއިން ބަދަލު ގެނައުން ހިމެނެއެވެ. އެގޮތުން ދާދި ފަހުން ޗައިނާގެ ކަމާއިބެހޭ އިދާރާތަކުން ވަނީ، ބަލީގެ އަލާމަތެއް ނުފެނި ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހާމަކުރަން ފަށާފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޗައިނާ ސަރުކާރުން ވަނީ އެހެން ގައުމުތަކުގެ ރައްޔިތުން އެ ގައުމަށް އެތެރެވިޔަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. މިއީ ދެވަނަ އައުޓްބްރޭކަކުން ރައްކާތެރިވުމަށް އެ ގައުމުން އަޅާފައިވާ ފިޔަވަޅެކެވެ. ނަމަވެސް ރަސްމީ އަދަދުތަކާއި ދޭތެރޭގައި ސުވާލު އުފައްދާ މީހުންގެ ތުހުމަތުތަކަކީ ތެދެއްނަމަ ގައުމުގެ އެތެރޭގެ ހާލަތުން ދެވަނަ އައުޓްބްރޭކެއް އައިސްދާނެ ކަމުގެ ބިރުބޮޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް
4 އޭޕްރިލް 2020 | ހޮނިހިރު 14:13
ފިންލޭންޑު ކުއްޖާ
އަލީ ސަމާޚް: މިއީ އިނގިރޭސި އާޓިކަލެއްގެ ތަރުޖަމާއެއް ނޫންތޯ؟ މީގެ އިންގިލިޝް އާޓިކަލް ސޯޝަލް މީޑިއާއިން މަ ދުށީމެވެ. އެ އާޓިކަލް ލިޔެފައިވަނީ ޗައިނާއަކީ ހަތުރެއް ކަމުގައި އަބަދުވެސް ދެކޭ އިންޑިއާގެ ދޮގު މައުލޫމާތު ފަތުރާ ނޫސްތަކުންނެވެ، އެމީހުންނަކީ ފިތުނަ އުފެއްދުމުގައި ދެވަނައެއް ނެތް ބައެކެވެ. ތަނެއް ދޮރެއް ނުބަލައި އެމީހުން ލިޔެފައި ހުންނަ އެއްޗެހި ތަރުޖަމާ ކޮށް އާންމު ކުރުމުގެ ކުރިން މި ކުރެވެނީ ކިހާވަރެއްގެ ކަމެއްތޯ ވިސްނާލާށެވެ. ނޫނީ ސިޔާސީ މީހުން ބުނެގެން ވެސް މިފަދަ ދޮގު މައުލޫމާތު ފަތުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ތިމާގެ އަމިއްލަ ޒަމީރާވެސް ސުވާލުކޮށްލާށެވެ. މިފަދަ ދަނޑިވަޅެއްގައި ފިތުނަ ނުއުފައްދާށެވެ. ޖަވާދުދާރީ ވާންޖެހޭ ދުވަހެއްވެސް އޮތްކަން ޔަޤީންކުރާށެވެ. މިއީ ދިން ހެޔޮ ނަސޭހަތެކެވެ. ޝުކުރިއްޔާ