ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 06:46
ބްރެޒިލްގެ ތަރި ނޭމާ
ބްރެޒިލްގެ ތަރި ނޭމާ
ގެޓީ އިމޭޖަސް
ކޮވިޑް-19
ކޮރޯނާވައިރަހުން ސަލާމަތްވުމަށް ނޭމާގެ ދީލަތި އެހީއެއް
 
ނޭމާގެ އިތުރުން ގިނަ ކުޅުންތެރިން އަންނަނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ދީލަތި އެހީ ވަމުން
 
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައި

ކޮރޯނާވައޮރަސް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ފަރާތްތަކާއި އެކަމުގެ ސަބަބުން އަސަރުކޮށްފައިވާ ކުޑަކުދިންނަށް ޚަރަދު ކުރުމަށް ބްރެޒިލްގެ ތަރި ނޭމާގެ ދީލަތި އެހީއެއް ޔުނިސެފް އަށާއި ސެލެބްރިޓީ ފަންޑަށް ދީފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ނޭމާ ޔުނިސެފް އަށާއި ސެލެބްރިޓީ ފަންޑަށް ހަދިޔާ ކޮށްފައިވަނީ 750،000 ޔޫރޯ އެވެ. އަދި މި ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ ކުޑަ ކުދިންނާއި، ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށެވެ.

ބްރެޒިލްގެ ތަރި ނޭމާގެ ދީލަތި އެހީ އެއް ޔުނިސިފަށާއި ސެލެބްރިޓީ ފަންޑަށް ދިންއިރު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އާއި މަޝްހޫރު ކުޅުންތެރިން އަންނަނީ ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދީލަތި އެހީ ވަމުންނެވެ.

އެގޮތުން މީގެ ކުރިން ބާސެލޯނާގެ ލިއޮނެލް މެސީ އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑީވެސް ވަނީ ދީލަތި އެހީތަކެއް ވެފައެވެ. އަދި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ވަނީ އަމިއްލަ ގައުމު ކަމަށްވާ ސެނެގާލްގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ހަނގުރާމަކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް އާއި ޕޯލް ޕޮގްބާ ވެސް ފަންޑެއް ހުޅުވާފައިވާއިރު، ޖަރުމަން ލީގިގެ ކުޅުންތެރިން ވެގެން ވަނީ 2.5 މިލިއަން ޔޫރޯއަށްވުރެ ގިނަ ފައިސާ ހަދިޔާކޮސްފައެވެ. އަދި ދާދި ފަހުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވެސް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ހަދިޔާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
80%
0%
0%
0%
20%
ކޮމެންޓް