ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 23:04
ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫޖް އަޒީޒު
ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫޖް އަޒީޒު
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: ޓެސްޓުގެ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުން 49 މީހަކު ދޫކޮށްލަނީ
 
49 މީހުންގެ ޓެސްޓް ހަދަން ވަނީ ފޮނުވާފައި ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެމީހުން ދޫކޮށްލާނެ

ކަރަންޓީން ފެސިލީޓީތަކުގައި ތިބި މީހުންގެ ތެރެއިން 49 މީހެއްގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެއްޖެނަމަ އެމީހުން ހޮނިހިރު ދުވަހު ދޫކޮށްލާނެ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫޖް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ޓާސްކްފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ހޮނިހިރު ދުވަހު ރާއްޖޭގެ ކަރަންޓީން ފެސިލިޓީގައި ތިބި ބައެއް މީހުން ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް އެމީހުން ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ 49 މީހަކު މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. ބޭރުން ރައްޖެއަށް އަންނަ ހުރިހާ ދިވެހިން ވެސް ކަރަންޓީންގައި 14 ދުވަސް މަޑުކުރަންޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި މިއާއެކު މިހާތަނަށް 881 މީހުން ކަރަންޓީން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މަބްރޫކް ވިދާޅުވީ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން އެމީހުން ގެއަށް ފޮނުވާލެވޭނެ ކަމަށާއި، ނަމަވެސް އެމީހުން ބަލާ ކޮންމެ އާއިލާއަކުން ވެސް އެކަކު އައުމަށް އެދޭ ކަމަށެވެ. މަބްރޫކް ވިދާޅުވީ ދޫކޮށްލާ މީހުންގެ އާއިލާތަކަށް އެމީހުން ދޫކޮށްލާނެ ވަގުތާއި އެހެނިހެން މައުލޫމާތު އެޗްޕީއޭއިން އަންގާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް