ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 23:05
ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19: ކެޔޮދޫގެ ސާމްޕަލް ލިބެއްޖެ، އަދި ނަތީޖާ ނުލިބޭ: މަބްރޫކް
 
ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ އެ ރަށް މޮނިޓަރިންގެ ހާލަތުން ނެގޭނެ

ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ވ. ކެޔޮދޫއިން ދިވެއްސެއްގެ ގައިން ނެގި ސާމްޕަލް ލިބެއްޖެ ކަމަށާއި، އެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ކެޔޮދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ އެ ރަށް މޮނިޓަރިންގެ ހާލަތުން ނެގޭނެއެވެ. މަބްރޫކް ވިދާޅުވީ އިތުރު ރަށެއް މިހާތަނަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ނުވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާ އިރު މިހާރު ފަރުވާ ދެމުން އަންނަނީ ޔޫކޭއިން އައި 4 ދިވެހިންނަށެވެ. އިތުރު ދެ މީހަކު ވަނީ ފުރައިގެން ގޮސްފައެވެ. މަބްރޫކް ވިދާޅުވީ ރާއްޖޭގައި ފަރުވާ ދެމުންދާ 4 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް 1434 ސާމްޕަލްއެއް ހުކުރު ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް ނެގިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 1364 ނެގެޓިވްވެފައިވާ ކަމަށާއި، 51 ސާމްޕަލް ނަތީޖާ ނުލިބޭ ކަމަށެވެ.

އައިސޮލޭޝަން ފެސިލިޓީގައި މިހާރު ތިބީ ވެލިދޫގައި ތިބި 11 މީހުންނެވެ. އަދި ކަރަންޓީންގައި މިހާރު ތިބީ 881 މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް