ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 15:03
ޗައިނާގައި ވޮލަންޓިއަރެއްގެ ގަޔަށް ކޮވިޑް-19 ވެކްސިން އިންޖެކްޝަން ޖަހަނީ
ޗައިނާގައި ވޮލަންޓިއަރެއްގެ ގަޔަށް ކޮވިޑް-19 ވެކްސިން އިންޖެކްޝަން ޖަހަނީ
ގްލޯބަލް ޓައިމްސް
ކޮވިޑް-19 ވެކްސިން
ޗައިނާގައި 108 ވޮލަންޓިއަރަކަށް ކޮވިޑް-19 ވެކްސިން ދީފި
 
ބުރާސްފަތީގެ ނިޔަލަށް ވެކްސިން ދިން 18 މީހަކު ވަނީ ކަރަންޓީން މުއްދަތު ފުރިހަމަ ކޮށްފައި

ޗައިނާގެ ވުހާންގައި 108 ވޮލަންޓިއަރަކަށް ކޮވިޑް-19 ވެކްސިން އިންޖެކްޝަން ދީ ފުރިހަމަ ކޮށްފިއެވެ.

މިއީ ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ޗައިނާގެ ސައިންސްވެރިން ކުރަމުންދާ މަސައްކަތުގައި ހޯދި ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރެވެއެވެ.

ޗައިނާގެ ނޫހެއް ކަމުގައި ގްލޯބަލް ޓައިމްސްގައި ބުނެފައިވަނީ، 108 ވޮލަންޓިއަރުންނަށް ކޮވިޑް-19 ވެކްސިން ދިނުމާއެކު ވެކްސިންގެ ކްލިނިކަލް ޓަރަޔަލްގެ ފުރަތަމަ ފޭހުގައި ވެކްސިން ދިނުމަށް ހަމަޖެހފިފައިވާ ފަރާތްތަކަށް ވެކްސިންދީ ފުރިހަމަ ކުރެވުނީ ކަމަށެވެ.

ވެކްސިން ދިން 108 މީހުންގެ ތެރެއިން 18 މީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަކަށް 14 ދުވަހުގެ ކަރަންޓީން މުއްދަތު ވަނީ ހަމަ ކޮށްފައެވެ.

ގްލޯބަލް ޓައިމްސްގައި ބުނެފައިވަނީ، ކަރަންޓީނުގެ މުއްދަތު ހަމަކުރި ވޮލަންޓިއަރުންގެ ޓެސްޓްތަކުން ދައްކާފައިވަނީ ވެކްސިން ދިން އެންމެންގެ ސިއްހަތު ރަނގަޅު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
1%
89%
1%
3%
2%
4%
ކޮމެންޓް