ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 14:42
މަސައްކަތްތެރިންގެ ހައްގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން
މަސައްކަތްތެރިންގެ ހައްގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ވަޒީފާގެ މައްސަލަ
އިއްޔެގެ ނިޔަލަށް ވަޒީފާއާ ގުޅުންހުރި 449 މައްސަލަ ހުށަހަޅައިފި
 
އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުއައްޒަފުން ނޯޕޭގައި ފޮނުވާލާފައިވޭ
 
ވަޒީފާއާ ގުޅޭ މައްސަލައެއް ނަމަ ޖޮބް ސެންޓަރަށް ރިޕޯޓުކުރަންޖެހޭ

ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަޒީފާއާ ގުޅުންހުރި 449 މައްސަލައަށް ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19ގެ މިހާލަތުގައި ވަޒީފާއާ ގުޅުންހުރި ގިނަ އަދަދެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ނިޔަލަށް 449 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ވަޒީފާއާ ގުޅޭ މައްސަލައެއް ނަމަ ޖޮބް ސެންޓަރަށް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ރައްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އިގުތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް މަދުވެފައިވާ މިދަނޑިވަޅުގައި، ރާއްޖޭއާއި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާތައް ދަނީ ގެއްލަމުންނެވެ.

އެގޮތުން ރާއްޖޭގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި، އެހެނިހެން އިގްތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަގުސަދުގައި ވިޔަފާރިތަކައް ކޭޝް-ފްލޯވ ފައިނޭންސިންގ ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން ދަނީ އަޅަމުންނެވެ.

މިދަނޑިވަޅުގައި ވެސް ދިވެހި ސަރުކާރުން ބުނަމުންދަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް، އަދި ރޯދަ މަހުގެ އިނާޔަތް ވެސް ދެވޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %20 އުނިކުރަން ނިންމާފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް