ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 14:44
އާދަމް ޝަރީފް
އާދަމް ޝަރީފް
ޝުއައިބް މުހައްމަދު އިގްބާލް
އާދަމް ޝަރީފް
އިންޑިއާ ސަރުކާރާ އިންޑިއާ ސިފައިންނަށް ސެލިއުޓް ކުރަން: އާދަމް ޝަރީފް
 
ފުލުހުންނާއި އެމްއެންޑީއެފް އަށް ޝުކުރު އަދާކުރެއްވި
 
ބޭސް ޝިޕްމެންޓަކީ އެސްޓީއޯ އިން އޯޑަރުކުރި ޝިޕްމެންޓެއް
 
6.2 ޓަނުގެ ބޭސް ޝިޕްމެންޓް ރާއްޖެއަށް ގެނެސްފައިވަނީ ބުރާސްފަތި ދުވަހު

އިންޑިއާގައި ތާށިވެފައިހުރި ރާއްޖޭގެ ބޭސް ޝިޕްމެންޓް އިންޑިއާގެ ސިފައިންގެ އެހިތެރިކަމާއި އެކު ރާއްޖެ ގެނެސްފައިވާތީ އިންޑިއާ ސިފައިންނަށާއި، އިންޑިއާ ސަރުކާރަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.

ކޮވިޑް-19 ފެތުރިއްޖެ ހާލަތެއްގައި ބޭނުންކުރާނެ ބޭސް ރާއްޖެ ވަނީ ގެނެސްފައެވެ. ''އޮޕަރޭޝަން ސަންޖީވަނީ'' ގެ ދަށުން 6.2 ޓަނުގެ ޒަރޫރީ ބޭހާއި, ސިއްހީ ދާއިރާއަށް މުހިންމު އެހެނިހެން އާލާތްތަކުގެ ޝިޕްމެންޓެއް އިންޑިއަން އެއަރ ފޯސް (އައިއޭއެފް) ގެ ސީ-13 އެއަރކްރާފްޓެއްގައި އިންޑިއާއިން މާލެއަށް އެއަރލިފްޓް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

އެކަމާއި ގުޅޭ ގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި އޭނާ ވިދާޅުވީ، އެމްްއެންޑީއެފް އާއި ފުލުހުން މި ދަނޑިވަޅުގައި ގައުމަށްޓަކައި ކުރައްވާ މަސައްކަތަށް ސެލިއުޓް ކުރައްވާ ކަމަށެވެ.

އަދި އިންޑިއާ ލޮކްޑައުން ގައި އޮތް ހާލަތުގައި އޮއްވާ އެ ގައުމުގެ އަސްކަރިއްޔާގެ އެހީތެރިކަމާއި އެކު ރާއްޖެ އަށް ބޭސް ފޯރުކޮށްދީފައިވާތީ އިންޑިއާ ސިފައިންނާނައި، އެގައުމުގެ ސަރުކާރަށް ސެލިއުޓް ކުރައްވާ ކަމަށެވެ.

ޓްވީޓްގެ ތަފްސީލު ރާއްޖެ.އެމްވީއާ ހިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، މި ދަނޑިވަޅުގައި ރާއްޖެެއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ ކޮންމެ ބަޔަކުވެސް ހިތުން ރުހުމުން ބަލައިގަންނަން ޖެހޭ ކަމަށެވެ.

އިންޑިއާގެ ބޭސް ޝިޕްމެންޓުގައި އިންފްލުއެންޒާ ވެކްސިންއާއި، ލޮޕިނަވިރް އަދި ރިޓޮނަވިރް ފަދަ އެންޓި-ވައިރަލް ޑްރަގާއި، ހިތުގެ ބަލިތަކަށާއި، ކިޑްނީގެ ބަލިތަކަށާއި، ލޭ މައްޗަށް ދިޔުމާއި، އާތުރައިޓިސް، ހަކުރުބަލި، އެލަރޖީ، އަދި ކެންސަރު ބަލީގެ ބޭހުގެ އިތުރުން އެންޓިކޮންވަލްސެންޓް ބޭހާއި، ކެތީޓަރ، ނެބިއުލައިޒަރ، ޔޫރިން ބޭގް އަދި ފީޑިން ޓިއުބް ހިމެނެއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރެވޭ މަސައްކަތުގައި އެހީވުމަށްޓަކައި އިންޑިއާއިން 14 ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ 'ރެޕިޑް ރެސްޕޮންސް' ޓީމެއް ވަނީ ފޮނުވާފައެވެ. އިންޑިއާ ލޮކްޑައުން ކުރުމަށް ފަހު އަވައްޓެރި ޤައުމުތަކުގެ ތެރެއިން ބޭހުގެ ޝިޕްމެންޓް އެޤައުމަކަށް އެކްސްޕޯޓްކުރެވުނު ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
78%
0%
22%
0%
0%
ކޮމެންޓް