ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 09:54
ރެޕްރެސެންޓޭޓިވް ފޮޓޯ: މަނަވަރުތަކެއް
ރެޕްރެސެންޓޭޓިވް ފޮޓޯ: މަނަވަރުތަކެއް
ފޭސްބުކް
ކޮވިޑް-19
އަވަށްޓެރި ގައުމުތަކަށް އެހީތެރިވުމަށް އިންޑިއާގެ މަނަވަރުތައް ތައްޔާރުގައި
 
އެހީ ފޯރުކޮށްދިނުމަށް އިންޑިއާގެ ޑޮކްޓަރުންގެ ފަސް ޓީމެއް ސްޓޭންޑްބައި ގައި އެބަތިބި
 
އިންޑިއާގެ 6 މަނަވަރެއް އޮތީ ތައްޔާރީ ހާލަތަށް ގެނެވިފަ

ކޮވިޑް-19 އާއި ގުޅިގެން އަވަށްޓެރި ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ 6 މަނަވަރެއް ތައްޔާރަށް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން އެ ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ 6 މަނަވަރެއް އޮތީ ތައްޔާރީ ހާލަތަށް ގެނެވިފައެވެ.

އެގޮތުން މިވަގުތު، އިންޑިއާގެ އަވަށްޓެރި ގައުމުތައް ކަމަށްވާ ދިވެހި ރާއްޖެ، ސްރީ ލަންކާ، ބަންގްލަދޭޝް، ނެޕާލް، ބޫޓާން އަދި އަފްޢާނިސްތާނުގެ ހާލަތު ގޯސްވެއްޖެ ނަމަ، އެގައުމުތަކަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާގެ ޑޮކްޓަރުންގެ ފަސް ޓީމެއް ސްޓޭންޑްބައި ގައި އެބަތިއްބެވެ.

އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް މިދަނޑިވަޅުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު ނޭޕާލް އަށް މެޑިކަލް ސަޕްލައިސް މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ފޮނުވާފައިވެއެވެ. އަދި ރާއްޖެއަށް ވެސް ކޮވިޑް-19 ފެތުރިއްޖެ ޙާލަތެއްގައި ބޭނުންކުރާނެ ބޭސް އިންޑިއާ ސަރުކާރުގެ އެހީގައި ގެނެސްދީފައިވާއިރުމި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށްވެސް އިންޑިއާ އިން އެހީތެރިވެދީފައިވެއެވެ.

އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވަނީ ސާރކް އެމަޖެންސީ ރިލީފް ފަންޑެއް ގާއިމް ކުރުމަށް މަހުގެ 15 ވަނަ ދުވަހު ސާރކްގެ ގައުމުތަކުގެ އިސްވެރިން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ހުށަހަޅުއްވާފައެވެ. މޯދީ ވިދާޅުވީ ފަންޑު ފުރަތަމަ އެކުލަވާލައްވާ އިރު، އިންޑިއާ އިން 10 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރައްވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
80%
20%
0%
0%
0%
0%
ކޮމެންޓް