ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 09:53
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރައްޔިތުންގެ މަޖިލިސް
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީން ހަފްތާއަކު ދެދުވަހު ޕޭމަންޓްތައް ޕްރޮސެސްކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ
 
ބަނޑޭރި ޕޯޓަލްގައި ޖަހަންޖެހޭނީ އެމީހެއްގެ ވެންޑަރ ނަންބަރު
 
ބަނޑޭރި ޕޯޓަލް އިން މައުލޫމާތު ލިބޭނެ

އިތުރު ހަފްތާއަކަށް ސަރުކާރު ބަންދު ކޮށްފައިވާއިރު ހަފްތާއަކު ދެ ދުވަހު ޕޭމެންޓުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނިންމި ނިންމުމާއި ގުޅިގެން ވާހަކަދައްކަވަމުން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހަފްތާއަކު ދެ ދުވަހު ޕޭމެންޓުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާކަމަށެވެ.

އަދި މިކަމާއި ގުޅޭ މައުލޫމާތު ބަނޑޭރި ޕޯޓަލް އިން ލިބޭނެ ކަމަށާއި ބަނޑޭރި ޕޯޓަލްގައި ޖަހަންޖެހޭނީ އެމީހެއްގެ ވެންޑަރ ނަންބަރުކަމަށެވެ. އަދި ވެންޑަރ ނަންބަރު ނޭންގޭކަމަށްވާނަމަ އެބަޔަކަށް ލިބިފައިވާ ޕާޗޭސް އޯޑަރުތަކުގައި ވެންޑަރ ނަންބަރު ލިޔެފައި އޮންނާނެކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

ބަނޑޭރި ޕޯޓަލްގައި ޖައްސަވަން ޖެހޭނީ އެބޭފުޅެއްގެ ވެންޑަރ ނަމްބަރު ކަމަށް. ވެންޑަރ ނަމްބަރު ނޭނގޭ ކަމަށް ވަންޏާ ޕަރޗޭސް އޯރޑަރތަކުގައި ވެންޑަރ ނަމްބަރު ލިޔެވިފައި އޮންނާނެ
މަބްރޫކް އަޒީޒް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖް އަންނަ ހަފްތާގައި ދޫކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް