ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 23:53
ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ރާއްޖެއެމްވީ
ކޮވިޑް-19
ޚިދުމަތްތައް ހޯދުމަށް ކިޔުތަކުގައި ތިބޭއިރު ދުރުގައި ތިބުމަށް އެދިވަޑައިގެންފި
 
ކޮންމެހެން ބޭންކަށް ދާންޖެހިގެން މެނުވީ ނުދިއުމަށް އިލްތިމާސްކޮށްފައިވޭ
 
ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭ

ޚިދުމަތްތައް ހޯދުމަށް ކިޔުތަކުގައި ތިބޭއިރު ދުރުގައި ތިބުމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އެދިވަޑައިގެންފިއެވެ.

ބުރާސްފަތި ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހާރުގެ ޙާލަތުގައި "ފިޒިކަލް ޑިސްޓެންސިންގ" ނެގުމަކީ މުހިންމު ކަމެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ގިނަބަޔަކު ތޮއްޖެހުނުކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ ބުރާސްފަތި ދުވަހު ބޭންކުން ހޯދި ގިނަ ޚިދުމަތްތަކަކީ އޮންލައިންކޮށް ލިބޭނެ ޚިދުމަތްތަކެއް ކަމަށެވެ. އެހެންކަމުން އޮންލައިން ބޭންކިންގ އިޚުތިޔާރު ކުރުމަކީ މުހިންމު ކަމެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބޭންކުން މައުލޫމާތުދޭ ގޮތުގައި ބޭންކުތެރޭގައި މީހުން ތިބޭއިރު ސޯޝަލް ޑިސްޓޭންސާ އެއްގޮތަށް މާކްކުރެވިފައި ހުންނާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. އެމާކް ތަކުގައި މަޑުކުރުމަށާއި ޓޭކްއަވޭ ތަކާއި ކިޔުހަދާ ތަންތަނުގައި ތިބޭއިރު ސޯޝަލް ޑިސްޓޭންސްގައި ތިބުމަށް އެދެން.
ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ކޮންމެހެން ބޭންކަށް ދާންޖެހިގެން މެނުވީ ނުދިއުމަށް ވެސް މަބްރޫކް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް