ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 23:55
ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ރައީސް އޮފީސް
ކާފިއު
ކާފިއު ހިންގާ ގަޑިތަކުގައި ވެސް ބަންގިގޮވޭނެ: މަބްރޫކް
 
ކާފިއުގެ ވަގުތުގައި ޑިއުޓީ ނިމޭ ތަންތަނުން ޑިޔުޓީއަށް ބަދަލު ގެނައުމަށް ވަނީ އެދިފައި
 
ހުރިހާ މުދިމުން އަތުގައި ފާސް ހުންނާނެ

ކާފިއުގެ އަމުރު ތަންފިޒުކުރަމުންދާ ގަޑިތަކުގައި ބަންގިގޮވޭނެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކާފިއު އިޢުލާނުކޮށްފައި ހުންނަ ގަޑިތަކުގައި ބަންގިގޮވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައި ކަމަށާއި ހުރިހާ މުދިމުން އަތުގައި ފާސްހުންނާނެކަމަށެވެ. އެހެންކަމުން މިސްކިތްތަކުން ބަންގިގޮވަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކާފިއު އިޢުލާނުކޮށްފައިވާ ގަޑިތަކުގައި ބައެއް ފަރާތްތަކުން ޑިއުޓީ ނިމޭކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ މިދުވަސްވަރު ކާފިއުގެ ވަގުތުގައި ޑިއުޓީ ނިމޭ ތަންތަނުން ޑިއުޓީއަށް ބަދަލުގެނެސް ކަންކަން ހަމަޖެއްސުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އެގޮތުން ގެއަށްދެވޭ ގޮތައް ގަޑިއަށް ބަދަލުގެނައުމަށް މަބްރޫކް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް