ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 23:21
ފަރުކޮޅުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީ
ފަރުކޮޅުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 4 މީހުންގެ ހާލު ރަނގަޅު
 
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވްވެފައިވޭ
 
ނެގެޓިވް މީހުންގެ ތެރެއިން 4 މީހަކު ދޫކޮށްލެވިފައިވާ ކަމަށް ޑޮކްޓަރ ވިދާޅުވި

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 4 މީހުންގެ ހާލު ރަނގަޅުކަމަށް ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރު ވިދާޅުވީ ސިއްހީގޮތުން މާބޮޑު މައްސަލަތަކެއް ނުވަތަ ކޮމްޕްލިކޭޝަންތަކެއް އެމީހުންގެ ނޫޅޭ ކަމަށެވެ. އަދި ނެގެޓިވް މީހުންގެ ތެރެއިން 4 މީހަކު ދޫކޮށްލެވިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ނެގެޓިވްވީ ކަމުގައިވީނަމަވެސް ހާލަތު އެހާ ރަނގަޅު ނޫން މީހުން ބަލަހައްޓަމުން ގެންދާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 4 މީހުންގެ އިތުރުން ވައިރަސް އަށް ޝައްކުކުރެވޭ އަލާމަތްތައް ހުންނަ މީހުން ބަލަހައްޓަމުން ގެންދަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައެވެ. އެގޮތުން މިވަގުތު އައިސޮލޭޝަންގައި 18 މީހުން ވެލިދޫގައި އެބަތިއްބެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވްވެފައިވާއިރު މިހާރު 13 މީހަކު ވަނީ ރަނގަޅުކުރެވިފައެވެ. އަދި 4 މީހަކަށް ފަރުވާދެމުން އަންނައިރު އެ އެންމެންނަކީވެސް ދިވެހިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
50%
0%
0%
50%
ކޮމެންޓް