ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 23:23
ޑޮކްޓަރ މޫސާ މުރާދު
ޑޮކްޓަރ މޫސާ މުރާދު
ރައީސް އޮފީސް
ކޮވިޑް-19
ކަރަންޓީނުގެ މުއްދަތު ހަމަވާ މީހުން ދޫކޮށްލުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެއްޖެ
 
ޓެސްޓް ނެގެޓިވް ވި ނަމަވެސް އެމީހުންގެ ސޭފްޓީ ކަށަވަރުކުރުމުގެ ގޮތުން ކުޑަ އެގްޒިޓް ސްކްރީނިންގ އެއް ހަދާނެކަމަށް ޑޮކްޓަރ ވިދާޅުވި
 
15 ވަނަ ދުވަހު ޓެސްޓް ހަދާނެކަމަށް ޑޮކްޓަރ ވިދާޅުވި
 
14 ދުވަސް ގުނަނީ ކަރަންޓީނަށް މީހުންލާ ދުވަސް ނުގުނާ

މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ގިނަ ބައެއްގެ ކަރަންޓީނުގެ މުއްދަތު ހަމަވާން ކައިރިވެފައިވާކަމަށާއި އެހެންކަމުން އެމީހުން ދޫކޮށްލުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާކަމަށް ޑޮކްޓަރ މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑޮކްޓަރު ވިދާޅުވީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރާއިރު ކަރަންޓީނުގެ 14 ދުވަސް ގުނަނީ ކަރަންޓީނަށް މީހުން ލާ ދުވަސް ނުގުނާ ކަމަށެވެ. ކަރަންޓީނަށް ލާ ދުވަހަކީ ފުރަތަމަ ދުވަސްކަމަށް ނުގުނާ ކަމަށާއި އެގޮތަށް 14 ދުވަސް ހަމަކޮށް 15 ވަނަ ދުވަހު ޓެސްޓް ހަދާނެކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އެގޮތުން ސާމްޕަލް ނަގާ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ އެމީހުން ދޫކޮށްލާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ޓެސްޓް ނެގެޓިވް ވި ނަމަވެސް އެމީހުންގެ ސޭފްޓީ ކަށަވަރުކުރުމުގެ ގޮތުން ކުޑަ އެގްޒިޓް ސްކްރީނިންގ އެއް ހަދާނެކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އޭގަ މާނައަކީ އެމީހުން ދޫކޮށްލާ ވަގުތު އެމީހުންގެ ގައިގައި އެއްވެސް އަލާމާތެއް ހުރިތޯ ބެލުންކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އެގޮތުގެމަތިން ހުންހުރިތޯ އާއި ރޯގާ ހުރިތޯ އެމީހުން ކައިރީގައި އަހާސުވާލުކުރުމަށްފަހު އެއްވެސް ކަހަލަ އަލާމާތެއް ނުފެންނަނަމަ އެމީހުން ކަރަންޓީނުން ދޫކޮށްލުމުގެ ހުއްދަދެވިގެންދާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިން ފިޔަވައި ރާއްޖެ އަންނަ އެންމެން ކަރަންޓީނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމާފައިވަނީ މިދިޔަ މަރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ސަރުކާރުން ދައްކާތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބެންޖެހެއެވެ. އެހެންކަމުން އެތާރީޚުން ފެށިގެން ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ބައެއް މީހުންނަށް 14 ދުވަސް މިފެށޭ ހަފްތާގެ ތެރޭގައި ހަމަވާނެއެވެ. މިހާތަނަށް ރާއްޖޭގައި ކަރަންޓީނު ފެސިލިޓީތަކުގައި 880 މީހުން އެބިއްތެބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
100%
0%
0%
ކޮމެންޓް