ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 21:49
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް / އަލީ ލަރިޖާނީ
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް / އަލީ ލަރިޖާނީ
ބީބީސީ
ކޮވިޑް-19
ކޮވިޑް-19: އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
 
އީރާނުގައި ޖުމުލަ 50,468 މީހުންވަނީ ވައިރަސް އަށް ޕޮޒިޓިވްވެފައި
 
މިއީ، އީރާނުގައި މިހާތަނަށް އާއިރު ވައިރަސްއަށް ޕޮޒިޓިވްވީ އެންމެ އިސް މަސްއޫލުވެރިޔާ
 
ލަރިޖާނީ މިވަގުތު ގެންދަވނީ ކަރަންޓީންގައި ފަރުވާ ހޯއްދަވަމުން

އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަލީ ލަރިޖާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އަލީ ލަރިޖާނީ ވައިރަސްއަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ވެބްސައިޓުގައި ޢާންމުކުރެއްވި ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ، ލަރިޖާނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށާއި، މިހާރު ކަރަންޓީންކުރައްވާ، ފަރުވާހޯއްދަވަމުންގެންްދަވާ ކަމަށެވެ. މިއީ، އީރާނުގައި މިހާތަނަށް އާއިރު ވައިރަސްއަށް ޕޮޒިޓިވްވީ އެންމެ އިސް މަސްއޫލުވެރިޔާއެވެ.

އީރާނަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ އެންމެ ބޮޑު އެއްޤައުމެވެ. އީރާނުގައި ފާއިތުވެދިޔަ 24 ގަޑިއިރު2,875މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ50,468އެވެ. މިހާރުވެސް30,597މީހުންނަށް ފަރުވާދެމުންދާއިރު، މީގެތެރެއިން3,956މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ފަރުވާދީގެން16,711މީހުން ވަނީ ރަނގަޅުވެފައެވެ.

0%
0%
100%
0%
0%
0%
ކޮމެންޓް