ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 20:04
ކުރެއްދޫ އައިލެންޑް ރިސޯޓް
ކުރެއްދޫ އައިލެންޑް ރިސޯޓް
ޓްރިވާގޯ
ފުލުހުން
އިޓަލީ ފަތުރުވެރިޔާ ފުރުވާލި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުން ފަށައިފި
 
ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ރިސޯޓަށް ބޮޑެތި ގެއްލުންތަކެއްވޭ
 
ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރެއްވި
 
ފުލުހުންގެ ޓީމަށް ފުރިހަމަ އެއްބާރުލުން ދެން

ކުރެއްދޫ އައިލެންޑް ރިސޯޓުން ފުރައިގެން ދިޔަ އިޓަލީ ފަތުރުވެރިޔާ މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުން ފަށައިފިއެވެ.

މިމައްސަލަގައި ކުރެއްދޫ އައިލެންޑް ރިސޯޓުގެ ފަރާތުން ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ މުއައްވިޒު ރަޝީދު ރާއްޖެއެމްވީއަށް ވިދާޅުވީ ފުލުހުންގެ ޓީމެއް ކުރެއްދޫ އައިލެންޑް ރިސޯޓުގައި ބުރާސްފަތި ދުވަހުން ފެށިގެން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި މިމައްސަލާގައި ދޭން ޖެހޭ ފުރިހަމަ އެއްބާލުން ދެމުންދާކަމަށް ވެސް މުއައްވިޒު ވިދާޅުވިއެވެ.

އިޓަލީ ފަތުރުވެރިޔާގެ މައްސަލާގަ ޙަޤީޤަތާއި ޚިލާފު މަޢުލޫމާތު ފަތުރާކަން ފާހަގަކުރައްވައި މުއައްވިޒު ވިދާޅުވީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބަހެއް ނެތި ޙަޤީޤަތާއި ޚިލާފު ޚަބަރު ފަތުރާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ މަޢުލޫމާތު ފަތުރެމުގައި ތެދު މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މުއައްވިޒު ވިދާޅުވީ ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން ރިސޯޓަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށާއި، ޙަޤީޤަތާއި ޚިލާފު މަޢުލޫމާތު ފަތުރާކަމުގައިވާނަމަ ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން މެނޭޖްމެންޓުން މަޝްވާރާ ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މުއައްވިޒު ވިދާޅުވީ މިމައްސަލާގައި ފުލުހުން ޖިނާޢީ ތަހުޤީޤެއް ހިންގަމުންދާއިރު، މިފަދަ ޢަމަލުތަކުން ވެސް ތަހުޤީޤަށް ހުރަސްއެޅޭ ކަމަށެވެ. މިމައްސަލައާ ގުޅިގެން ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިމިގްރޭޝަނަށް ވަނީ ޢަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ސޮއިކުރައްވާ ނެރުއްވާފައިވާ ކޯޓު ޢަމުރުގައި ބުނެފައިވަނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކުރެއްދޫ ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނިފައިވާއިރު، އެ ފަތުރުވެރިޔާ ގައިގައި ބަލި ހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ދިވެހިރާއްޖޭގައި ފެތުރިފައިވާ ކަމަށެވެ.

އިތުރު ފަރާތްތަކުގެ ޞިއްޙަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިލުމުގައި އިޓަލީގެ ފަތުރުވެރިޔާ އެކި ގޮތްގޮތުން މުޢާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް ޢަމަލުކޮށް އިހުމާލުވެފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭކަމަށެވެ.

އެހެންކަމުން މައްސަލައިގެ ތަހުޤީޤު ނުނިމެނީސް އެ އަންހެން މީހާ ރާއްޖެއިން ފުރައިގެން ގޮސްފާނެކަމަށް ބެލެވޭތީ، އޭނާގެ ޕާސްޕޯޓް ނުވަތަ ޓްރެވެލް ޑޮކިއުމެންޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އިމިގްރޭޝަނަށް އަމުރުކޮށްފައެވެ.

އެގޮތުން މާރޗް މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްދޫ ޑޮކްޓަރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މި މަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިމިގްރޭޝަނަށް ފޮނުވި ކޯޓު ޢަމުރުގައިވެއެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ ރިސޯޓުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
މައުލޫމާތު ހާމަކުރާއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމަށް ބައްދަލުވުމެއް ބާއްވައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި