ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 18:57
މާލޭގައި ކާފިއު އިއުލާންކޮށްފައި
މާލޭގައި ކާފިއު އިއުލާންކޮށްފައި
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ބުނެ ބުނެ އަޑު ނޭހުމުން އެންމެ ފަހުން ކާފިއު!
 
ކާފިއު އިއުލާންކޮށްފައިވަނީ ތިން ގަޑިއިރަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 މި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު މި ވައިރަސްގެ ސަބަބުން އެ ޤައުމުތަކުން އަންނަނީ ނުހަނު ބޮޑެތި އަދި ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ރާއްޖެއިން ވެސް ކޮވިޑް-19 އާ ގުޅިގެން ތަފާތު ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

އެގޮތުން މާރޗް 12 ވަނަ ދުވަހު ރާއްޖޭގައި ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހުގެ މުއްދަތަށް އިޢުލާނުކޮށް، އޭގެ ދަށުން އެކި ފިޔަވަޅުތައް ވަނީ އަޅާފައެވެ. ރާއްޖެއިން ވަނީ އަނެއްކާ ވެސް އެއް ހަފުތާއަށް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކޮށްފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ މި މަހުގެ 4 ވަނަ ދުވަހުގެ އަޞްރު ނަމާދާ ހަމައަށް މާލެ ޞަރަޙައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދުކުރުން ވެސް މެދުކަނޑާލާފައެވެ. އޭރު ވެސް ތަކުރާރުކޮށް ރައްޔިތުންގެ ކިބައިން ސަރުކާރުން އެދުނީ އެންމެ ކަމެކެވެ. ކުރަމުން ދިޔައީ އެއް އާދޭހެކެވެ. ގޭގައި މަޑުކުރުމަށެވެ. ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށެވެ. އެހެންނަމަވެސް ބައެއް ރައްޔިތުން މިވާހަކަތަކެއް އަޑެއް ނޭހިއެވެ. އެކަމުގެ ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. އެންމެ ތިން ގަޑިއިރަށް ނަމަވެސް ރާއްޖޭގައި މިހާރު މި ވަނީ ކާފިޢު އިއުލާންކޮށްފައެވެ. މި ތިން ގަޑިއިރުގެ ތެރޭގައި ރައްޔިތުންނަށް ގެއިން ބޭރަށް ނުނިކުމެވޭ ގޮތް ހަދާ، ކަމާ ގުޅޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯނުލަނބާ ކަމަށްވާނަމަ އެމީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާ ޖޫރިމަނާ ކުރުމަށް ސަރުކާރުން މި ވަނީ ނިންމާފައެވެ.

ރާއްޖޭގައި މިވަގުތު ކާފިއު އިޢުލާނުކޮށްފައިވާއިރު މި ކާފިއު ދެމި އޮންނާނީ ކިހާ މުއްދަތަކަށް ކަމަށް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ސިނަމާލެ ބްރިޖް ސަރަހައްދު

ކުރިއަތް އޮތް ތާނގައި ވެސް ކަމާ ގުޅޭ އިދާރާތަކުގެ އިރުޝާދުތަކަށް ތަބާ ނުވާނަމަ، މި ކާފިއުގެ ގަޑި އިތުރު ކުރުމަކީ ވެސް އެކަށީގެންވާ ކަމަށެވެ. މި ހުރިހާ ކަމެއް ވެސް ހަމަ މި ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. މިކަން މިއަދު ރައްޔިތުން ބަލައިގަނެ ބަލިން ރައްކާތެރިވުމަށްޓަކައި ފިޔަވަޅު އަޅަން ޖެހެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
77%
0%
8%
15%
0%
ކޮމެންޓް
ގުޅުންހުރި