ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 16:41
ކޮވިޑް-19
ކޮވިޑް-19
އަލްޖަޒީރާ
ކޮވިޑް-19
ކޮވިޑް-19: މިއަދު އެކަނި ސްޕެއިނުން 950 މަރު!
 
ވައިރަސް އެންމެ ގިނަ މީހުންނަށް ޖެހުނު 3 ވަނަ ގައުމަކަށް ސްޕެއިން ވަނީ ވެފައި

ކޮވިޑް-19 މި ވައިރަސް ޖެހިގެން މިއަދު އެކަނި ސްޕެއިނުން 950 މީހުން މަރުވެއްޖެއެވެ.

އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވައިރަސް އެންމެ ގިނަ މީހުންނަށް ޖެހުނު 3 ވަނަ ގައުމަކަށް ސްޕެއިން ވަނީ ވެފައެވެ. މިހާތަނަށް އެ ޤައުމުން 110،238 މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު މިހާތަނަށް މަރުވެފައިވަނީ 10،003 މީހުންނެވެ. އަދި މި ވައިރަސް ޖެހިގެން ރަނގަޅުވެފައިވަނީ 26،743 މީހުންނެވެ.

މި ވައިރަސް ޖެހިގެން މިހާތަނަށް ޖުމުލަ 952،409 މީހުންނަށް ޖެހިފައިވާއިރު 204،870 މީހުން ވަނީ މި ވައިރަސް އިން ރަނގަޅުވެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 48،434 މީހުން މަރުވެފައިވެއެވެ.

ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ވައިރަސް ޖެހި ސީރިއަސް ހާލަތުގައި ތިބި މީހުންގެ އަދަދު އިތުރުވަމުންދާތީ އެ ގައުމުގެ އައިސީޔޫތަކަށް ނުކަތާވަރުވެދާނެ ކަަމުގެ އިންޒާރު ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
17%
70%
9%
0%
4%
ކޮމެންޓް
2 އޭޕްރިލް 2020 | ބުރާސްފަތި 19:50
ހަސީން
ކޮބާ ކުސްލިމުން ކޮށާ ބުރިކުރި އަތްތައް. ކޮންކަމެއް ކުރެވެނީ.