ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 16:28
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ދިރާގު ޕޭ – އިތުރު ކްރެޑިޓް، ޑިސްކައުންޓް އަދި ކޭޝް ބެކް އޮފަރތަކެއް
 
މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށް ދިރާގުން ބުނޭ

ކޮވިޑް 19 ޕެންޑަމިކް އާ ގުޅިގެން ކަސްޓަމަރުންނަށް މި ދުވަސްވަރު އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުންނާއި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް އަހުލުވެރިކުރުވައި، އެކަމަށް ބާރު އެޅުމުގެ ގޮތުން ދިރާގު ޕޭ އަށް ޚާއްސަ އޮފަރ ތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި ނުރައްކާތެރި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސާފުތާހިރުވުމަށާއި ގެއިން ބޭރަށް ނުދިޔުމަށް ކެނޑިނޭޅި ސިއްހީ މާހިރުން ގޮވާލަމުންދާއިރު، ދިރާގުޕޭ އަކީ މި ދަނޑިވަޅު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް ކަމަށެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަލަކަށް %20 ބޯނަސް ކްރެޑިޓް ހިލޭ ލިބިގެންދާނެއެވެ 8 ރުފިޔާ އާއި 500 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ދިރާގު ޕޭ މެދުވެރިކޮށް ރިލޯޑް ކުރެވޭނެއެވެ. މި ބޯނަސް ކްރެޑިޓް ލިބިގެންދާނީ 1 އެޕްރީލު އިން ފެށިގެން 30 ޖޫން 2020 ގެ ނިޔަލަށެވެ

ދިރާގު ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑް ބޭންޑް އަދި ދިރާގު ޓީވީ ކަސްޓަމަރުންދިރާގުޕޭ މެދުވެރިކޮށް ބިލް ދެއްކުމުން ޖެހިގެނެ އަންނަ މަހުގެ މަހު ފީ އިން %5 ޑިސްކައުންޓް ލިބިގެން ދާނެއެވެ. މި އޮފަރ ކުރިއަށް ދާނީ 1 އެޕްރީލް އިން ފެށިގެން 30 ޖޫން 2020 އާ ހަމަޔަށް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުޕޭ މެދުވެރިކޮށް ވިޔަފާރި ކުރައްވާ ފަރާތްތަކަށް 1 އެޕްރީލް 2020 އިން ފެށިގެން 4 ހަފުތާ ވަންދެން، ކޮންމެ ހަފުތާއަކު އިތުރު ފައިސާ ލިބުމުގެ ނިޒާމެއް ވަނީ މަގުފަހިކޮށްފައިއެވެ. މިގޮތުން، ދިރާގު ޕޭގެ ޚިދުމަތް ލިބޭ ވިޔަފާރިތަކުން ކޮންމެ ހަފްތާއަކު މަދުވެގެން 50 ރުފިޔާގެ 5 ވިޔަފާރި ދިރާގު ޕޭ މެދުވެރިކޮށް ކުރައްވާ ފަރާތްތަކަށް، ކޮންމެ ހަފުތާއަކު 50 ރުފިޔާ ހިލޭ ދިރާގު ޕޭ ވޮލެޓަށް، އެ ހަފުތާ އެއް ނިމުމުން ޖަމާވެގެން ދާނެއެވެ.

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑިލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓޯރެންޓް، ޖެނެރަލް ޓްރޭޑިންގ، ސެލޫން އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. އަދި ގިނަ ވިޔަފާރިތަކުން ދިރާގުޕޭ ގާއިމު ކުރަން މަގުފަހި ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް 3 މަސްދުވަހަށް ނުނަގާ ގޮތަށް ވަނީ މިދިޔަ މަހުން ފެށިގެން ހަމަޖައްސާފައިއެވެ. އަދި މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް މި ފީ 3 މަހަށް ނުނެގުމަށް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްބޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެއެވެ. ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް ބޭނުންކުރެވޭނެއެވެ.

ދިރާގުން ދަނީ ކޮވިޑްގެ19 ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލާ، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް