ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 15:52
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީ
ސަޕްލިމެންޓްރީ ބަޖެޓު
އަމީރު ވިދާޅުވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭ ހާލަތަށް ނުދާކަމަށް، ނަޝީދުގެ ޚިޔާލު ތަފާތު؟!
 
ކުލި ކަނޑާލަންޖެހޭ ރިސޯޓުތައް ބަލަންޖެހޭ ކަމަށް ވިދާޅުވި
 
މާޗުމަހާއި ހަމަޔަށް ވިޔަފާރީގެ ފައިދާއާއި ޖީއެސްޓީގެ ފައިދާވެސް ރަނގަޅު: ނަޝީދު
 
ބަޖެޓު ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނެ: ނަޝީދު

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އެތައް ގެއްލުމެއް ވަމުންދާއިރު މިހާރު މިއޮތީ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާ ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު މިއޮތީ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާ ހާލަތުގައި ކަމަށެވެ.

އަޅުގަނޑުމެންނަށް ޖެހޭނީ ސަޕްލިމެންޓްރީ ބަޖެޓުވެސް ގެންނަން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް ދަރުބާރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާން ޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ. އެހެންނަމަވެސް، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ، އެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ދައުލަތުގެ އާމްދަނީ ކުޑަވަމުންދާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަންކަމުން އަރައިގަތުމަށް ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވީ މާޗުމަހާއި ހަމަޔަށް ވިޔަފާރީގެ ފައިދާއާއި ޖީއެސްޓީގެ ފައިދާވެސް ރަނގަޅުކަމަށެވެ. މިއަހަރުގެ ތިން މަސްދުވަހުގެ ފައިދާ ނެގެން ޖެހޭނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކުލި ކަނޑާލަންޖެހޭ ރިސޯޓުތައް ބަލަންޖެހޭ ކަމަށާއި އެފަދަ ކަންކަމާއި މެދު ވިސްނަންޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސަޕްލުމެންޓްރީ ބަޖެޓާއި މެދު ރައީސްއާއި މަޝްވަރާ ކުރައްވާފައިނުމާކަމަށެވެ. އެހެން ނަމަވެސް ބަޖެޓު ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ބަޖެޓު 12 ބިލިއަން ޑެފިސިޓް ވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
67%
0%
0%
ކޮމެންޓް
2 އޭޕްރިލް 2020 | ބުރާސްފަތި 19:13
ާރީރީ
މަޖިލީސް މެންބަރުން މުސާރަ ކުޑަކޮއްބަލަ
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި