ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 12:32
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް
ސޯޝަލް މީޑިއާ
ކޮވިޑް-19
ތިން އެއަރޕޯޓެއްގައި 24 ގަޑިއިރު ޚިދުމަތްދިނުން ހުއްޓާލައިފި
 
ކޮވިޑް-19 އާ ގުޅިގެން ގިނަ އެއަރޕޯޓްތަކުގައި ދަތުރުކުރުން ވަނީ ހުއްޓުމަކަށް އައިސްފައި
 
ހެނދުނު 6 އިން އިރުއޮއްސި 6 އަކަށް ވަނީ ބަދަލު ކުރެވިފައި

ކޮވިޑް-19 އާ ގުޅިގެން, ތިން އެއަރޕޯޓެއްގައި 24 ގަޑިއިރު ޚިދުމަތް ދިނުން ހުއްޓާލައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ދެމުންގެންދާ ތިން އެއަރޕޯޓެއްގެ އޮޕަރޭޝަންސްތައް ބާރަ ގަޑިއިރަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އަދި ފްލައިޓް ޙަރަކާތްތައް ވަރަށް ބޮޑަށް މަދުކޮށް ހަމައެކަނި ދުވާލުގެ ވަގުތުތަކަށް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއި، ކާޑެއްދޫ އެއަރޕޯޓް އަދި ފުވައްމުލަކު އެއަރޕޯޓްގެ ޚިދުމަތްދޭ ވަގުތު މިހިނގާ އެޕްރީލް މަހުން ފެށިގެން ހެނދުނު 6 އިން އިރުއޮއްސި 6 އަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

އަދި މެޑިކަލް އިވަކުއޭޝަން ފަދަ ޚާއްސަ ޙާލަތަކާއި ގުޅިގެން ރޭގަނޑުގެ ވަގުތު ފްލައިޓް ޙަރަކާތެއް ބާއްވަން ޖެހިއްޖެނަމަ 3 ގަޑިއިރު ކުރިން އެ މަޢުލޫމާތު އެއަރލައިން އޮޕަރޭޓަރުގެ ފަރާތުން އެއަރޕޯޓަކަށް އެންގެވުމުން ފްލައިޓް ޙަރަކާތުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ އެއަރޕޯޓްތަކުގައި ދަތުރުކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ އުދުހުންތައް ވެސް ވަނީ ބޮޑުތަނުން މަދުވެފައެވެ. އެއަރލައިންތަކުން ދަތުރުތައް ހުއްޓާލުމުން ބޭރު ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް ވެސް ވަނީ ވަރަށް މަދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
25%
0%
75%
0%
0%
0%
ކޮމެންޓް