ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 11:48
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ޕްރިމިއާ ލީގު ކުޅުންތެރިންގެ މުސާރަތައް ކުޑަކުރަން އެއްބަސްނުވާން އެދިއްޖެ
 
ޕްރިމިއާ ލީގަކީ އެކި ގޮތްގޮތައް ފައިސާ ވަންނަމުން އަންނަ ބޮޑު ވިޔަފާރިއެއް
 
ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން އަންނަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް އެދެމުން

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރަތައް ކުޑަކުރުމަށް ކްލަބްތަކުން އެދުނު ނަމަވެސް އެގޮތަށް ކަންތައް ނުކުރުމަށް ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ކުޅުންތެރިންނަށް އަންގަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބުތަކަށް ދިމާވާނެ މާލީ ދަތިކަމުން އަރައިގަތުމަށް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

މުސާރަ ކުޑަކުރަން ބައެއް ކްލަބްތަކުން ހުށައެޅުމުގެ ކުރިންވެސް ބައެއް ކުޅުންތެރިން ވަނީ މުސާރަ ހަދިޔާކުރަން ނިންމާފައެވެ. އަދި މުސާރަތައް ނުދިނަސް އެންމެ ރަނގަޅުކަމަށް ބައެއް ކުޅުންތެރިން ވަނީ ކްލަބްތަކަށް އަންގާފައެވެ.

އިނގިރޭސި ދެ ކްލަބު ކަމަށްވާ ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމުން ވަނީ އެ ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ކުޑަކުރުމަށް ހުށަހަޅާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ދެ ކްލަބުންވެސް ހުށަހެޅީ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ކުޅުންތެރިންގެ ހައްގުގައި އުފައްދައިފައިވާ ޔޫނިއަން ޕީއެފްއޭ އިން ވަނީ މި މައްސަލަ ތެރެއަށް ވަނުމަށް ނިންމައިފައެވެ. އެގޮތުން ޕީއެފްއޭ ގެ ނިންމުމަކީ އެ ޔޫނިއަންގައި ރަޖިސްޓްރީވެފައިވާ އެއްވެސް ކުޅުންތެރިޔަކު މުސާރަ ކުޑަކުރުމަށް އެއްބަސްނުވުމުވެ.

ސަބަބެއް ގޮތުގައި ޕީއެފްއޭއިން ބުނަނީ ޕްރިމިއާ ލީގަކީ އެކިގޮތްގޮތައް ފައިސާ ވަންނަމުން އަންނަ ބޮޑު ވިޔަފާރިއަކަށްވާއިރު، މި މުއްދަތުގައި ކުޅުންތެރިންގެ މުސާރަ ކުޑަކޮށްގެން ބައެއް ކްލަބްތަކުން އެކަމުގެ ނާޖައިޒު ފައިދާ ނެގުމުގެ ފުރުސަތު އޮތުމެވެ.

އިނގިރޭސިވިލާތުގެ 29،000 އަށްވުރެ ގިނަ މީހުންނަށް މިހާތަނަށް މި ވައިރަސް ޖެހިފައިވާއިރު، މި ވައިރަސް ޖެހިގެން އިނގިރޭސިވިލާތުން 4،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް