ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 10:14
އެޗްއައިވީއާ ގުޅޭ ރިސަރޗުގެ ދާއިރާއިން މަޝްހޫރު ސައިންޓިސްޓެއްކަމަށްވާ ޕްރޮފެސަރ ގީތާ ރަމްޖީ
އެޗްއައިވީއާ ގުޅޭ ރިސަރޗުގެ ދާއިރާއިން މަޝްހޫރު ސައިންޓިސްޓެއްކަމަށްވާ ޕްރޮފެސަރ ގީތާ ރަމްޖީ
ފޭސްބުކް
ކޮވިޑް-19
ކޮވިޑް-19: އެޗްއައިވީގެ ދިރާސާތައްކުރާ މަޝްހޫރު ސައިންޓިސްޓް ގީތާ ރަމްޖީވެސް މަރުވެއްޖެ
 
އެޑްމިޓް ކުރިއިރު، އޭނާގެ ކިބައިން ކޮވިޑް-19 ގެ އަލާމާތެއް އޭރު ނުފެނޭ
 
އެޗްއައިވީ އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ދާއިރާއިން ލައިފް ޓައިމް އެޗީވްމަންޓް އެވާރޑް ލިބުނު
 
ގީތާ މަރުވެފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގަ

އެޗްއައިވީއާ ގުޅޭ ރިސަރޗުގެ ދާއިރާއިން ދުނިޔޭގެ މަޝްހޫރު ސައިންޓިސްޓެއްކަމަށްވާ ޕްރޮފެސަރ ގީތާ ރަމްޖީވެސް ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ސައުތު އެފްރިކަން ސައިންޓިސްޓެއްކަމަށްވާ ގީތާ މަރުވެފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. ގީތާގެ މަރާ ގުޅޭގޮތުން އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ގީތާ މަރުވިއިރު އޭނާގެ އުމުރަކީ 64 އަހަރެވެ. އަދި އޭނާ މަރުވެފައިވަނީ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެގޮތުން ލަންޑަންގައި ހުރުމަށްފަހު ދާދިފަހުން ގީތާ ސައުތް އެފްރިކާއަށް އެނބުރި އައި ފަހުން ކުއްލިއަކަށް ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއިރު، އޭނާގެ ކިބައިން ކޮވިޑް-19 ގެ އަލާމާތެއް އޭރު ނުފެންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޕްރޮފެސަރ ގީތާއަކީ އެޗްއައިވީ (އެއިޑްސް) އިން ރައްކާތެރިވުމަށް ކުރަންޖެހޭ ތަހުލީލުތަކުގައި އިސްކޮށް އުޅުއްވައި، ސައުތު އެފްރިކާގެ ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުމުގައި ބޮޑު ދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ. އަދި އެޗްއައިވީއަށް ވެކްސިންއެއް ހޯދުމަށް ކުރާ ތަހުލީލުތަކުގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެވޭ ބޮޑެތި މަސައްކަތްތަކެއް ގީތާ ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ގީތާއަށް ވަނީ އެޗްއައިވީ އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ދާއިރާއިން ލައިފް ޓައިމް އެޗީވްމަންޓް އެވާރޑްވެސް ލިބިފައެވެ. އަދި އެ ދާއިރާއިން "އައުޓްސްޓޭންޑިންގ ފީމޭލް ސައިންޓިސްޓް" ގެ އެވާރޑްވެސް ގީތާއަށް ލިބިފައިވެއެވެ.

ސައުތު އެފްރިކާއިން ކޮވިޑް-19 ޖެހިގެން 5 މީހުން މަރުވެފައިވާއިރު، 1380 މީހުންނަށް ވައިރަސްގެ އަސަރުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
5%
0%
95%
0%
0%
0%
ކޮމެންޓް