ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 09:47
އިޓަލީގައި ހަލުވިމިނެއްގަ ކޮވިޑް-19 ދަނީ ފެތުރެމުން
ފްރާންސް 24
އިޓަލީ
ކޮވިޑް-19: އިޓަލީ ލޮކްޑައުން ކޮށްފައިވާ މުއްދަތު އިތުރުކޮށްފި
 
ކޮވިޑް-19ގައި އެންމެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓުކޮށްފައިވަނީ އިޓަލީގައި
 
މުޅި ގައުމު ލޮކްޑައުން އަކަށް ދާން ނިންމީ އެނޫން ގޮތެއް ނެތިގެން
 
އެގައުމު އެންމެ ފުރަތަމަ ލޮކްޑައުން ކުރީ މާޗް 10 ގައި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިޓަލީ ލޮކްޑައުން ކޮށްފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

ކޯވިޑް-19 ފެތުރެމުންދާތީ އެންމެ ފުރަތަމަ މުޅި އިޓަލީ ލޮކްޑައުންކުރީ މާޗް މަހުގެ 10 ގައި 30 ދުވަހުގެ މުއްދަކަށެވެ. މިލޮކްޑައުންކޮށްފައިއޮތް މުއްދަތު ހަމަވާތީ މިހާރު ވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

އިޓަލީގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ، ބޮޑުވަޒީރު ގުޒެއްޕެ ކޮންޓޭ ރައްޔިތުންނާއި މުހާތަބުކުރައްވާ ވިދާޅުވީ މުޅި ގައުމު ލޮކްޑައުން އަކަށް ދާން ނިންމީ އެނޫން ގޮތެއް ނެތިގެން ކަމަށާއި، އެއީ މިހާރަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ހުރިހާ ރައްޔިތުންވެސް ސަލާމަތްތެރިކަމާއެކު ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރެއް ކުރާނަމަ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދަންވާނެ ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުން ގިނަ ފިޔަވަޚުތަކެއް އެޅި ނަމަވެސް ކޮވިޑް-19 ގައި އެންމެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓުކޮށްފައިވަނީ އިޓަލީގައެވެ. އަދި ދެވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ ވެސް އިޓަލީއިންނެވެ.

މުޅި ދުނިޔެއިން 900،000 ލައްކައަށްވުރެ ގިނަ މީހުންނަށް މިވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އިޓަލީގައި 100،000 އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް