ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 10:20
މިސަމިޓްގައި ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވޭ
މިސަމިޓްގައި ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވޭ
އިންޑިޕެންޑެންޓް
ކޮޕް 26
ބައިނަލްއަގްވާމީ މޫސުމީ ސަމިޓް ''ކޮފް26'' އަންނަ އަހަރަށް ފަސްކޮށްފި
 
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެ
 
މިސަމިޓްގައި ގިނަ ގައުމުތަކުގެ އިސްވެރިން ބައިވެރިވާނެ

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައިނަލްއަގްވާމީ މޫސުމީ ސަމިޓް (ކޮޕް 26) ފަސްކޮށްފިއެވެ.

އިންޑެޕެންޑެންޓް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިސަމިޓް ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން 2021 ވަނަ އަހަރަށެވެ.

އ.ދ.އިން ބާއްވާ މިސަމިޓްގައި 30،000 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެކިގައުމުތަކުގެ އިސްވެރިން ބައިވެރިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބޭއްވޭ އެންމެ ބޮޑު އެއްސަމިޓްގައި ކަނޑު ލޮނުގަނޑު އުފުލުމާއި، ދުނިޔެ ހޫނުވުމާއި، އަދިވެސް ދުނިޔެއަށް ދިމާވާ އެކިކަހަލަ ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވޭނެއެވެ. އަދި ތިމާވެށި ހިމާޔަތްކޮށް މިކަންކަމަށް ހައްލު ހޯދުމާ ގުޅޭ ގޮތުން މަޝްވާރާ ކުރެވޭނެއެވެ.

ބައިނަލްއަގްވާމީ މޫސުމީ ސަމިޓް (ކޮޕް26) ފަސްކޮށްފައިވާއިރު، މިއަހަރު ބާއްވާ ގިނަ އިންވެންޓްތަކެއް ވަނީ ކޮވިޑް-19 އާ ގުޅިގެން ކެންސަލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް