ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 02:07
ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19
އިނގިރޭސި ޕްރިމިއާ ލީގު ދެން ފަށާނީ ހާލަތު ތަންދިނުމުން
 
ކުރިން ރޭވިފައި އޮތީ އޭޕްރީލް 30 ގެ ފަހުން ލީގުގެ ކުޅުން ފެށުމަށް

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް، ހާލަތު ތަންދިނުމުން ފަށަން ނިންމައިފި އެވެ.

މީގެ ކުރިން ލީގު މެދު ކަނޑާލާފައި އޮތީ އޭޕްރީލް 30 ގެ ނިޔަލަށެވެ. ޕްރިމިއާ ލީގުގެ އިތުރުން، އިންގްލެންޑުގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތައްވެސް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ.

މިއަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށްފަސްކުރުމާއި ގުޅިގެން، މެދު ކަނޑާލާފައިވާ ލީގުގެ މެޗުތައް ފަހުން ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންކަމުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ ލީގު ކުރިޔަށް ގެންދާނެ މާހައުލެއް ނެތުމުން، މުއްދަތެއް ނެތް ގޮތަށް ލީގު ފަސްކޮށްފައެވެ. އަދި ހާލަތު ތަންދިމުނުން ލީގުގެ މެޗުތައް ފަށަން ވަނީ ނިންމާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، ފުޓްބޯޅައިގެ އެންމެ ނަން މަޝްހޫރު ސަރަހައްދުތަކުގެ ލީގުތައްވެސް މިހާރު ވަނީ މެދު ކަނޑާލާފައެވެ. އެގޮތުން ސްޕެނިޝް ލީގުގެ މެޗުތައް ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އިޓާލިއަން ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގުގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް ވަނީ ފަސްކޮށްފައެވެ.

އިންގްލެންޑުން މިހާތަނަށް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި، އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އަދި ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އެވެ. މީގެ ތެރެއިން ކަލުމް ހަޑްސަން-އޮޑޯއި ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

އިނގިރޭސިވިލާތުގެ 29،000 އަށްވުރެ ގިނަ މީހުންނަށް މިހާތަނަށް މި ވައިރަސް ޖެހިފައިވާއިރު، މި ވައިރަސް ޖެހިގެން އިނގިރޭސިވިލާތުން 4،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް