ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 02:06
މިދިޔަ އަހަރުގެ ވިމްބަލްޑަން ކާމިޔާބުކުރި ޖޮކޮވިޗް
މިދިޔަ އަހަރުގެ ވިމްބަލްޑަން ކާމިޔާބުކުރި ޖޮކޮވިޗް
ގެޓީ އިމޭޖަސް
ކޮވިޑް-19
ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލް ކޮށްފި
 
މިއަހަރުގެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ޖޫން 29 އިން ޖުލައި 12 އަށް

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލްކުރަން ނިންމައިފި އެވެ.

މި މުބާރާތް ކެންސަލް ކުރަން ނިންމީ މުބާރާތް އިންތިޒާމުކުރާ އޯލް އިންގްލެންޑުގެ ބޯޑް މެމްބަރުން ބުދަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.

މިއަހަރުގެ ވިމްބަލްޑަން ކެންސަލް ކުރިއިރު، މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު މި މުބާރާތް ނުބާއްވާ ފުރަތަމަ އަހަރެވެ. އޭގެ ކުރިން ވެސް މި މުބާރާތް ނުބޭއްވި ދިޔައީ ފުރަތަމަ ހަނގުރާމައިގެ ދުވަސްވަރެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 12 އަށެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް އެވެ. އަދި އަންހެން ޗެމްޕިއަނަކީ ރޭންކިންގެ ދެވަނައިގައި އޮތް ސިމޯނާ ހަލެޕް އެވެ.

މުޅި ދުނިޔޭގައި ވެސް ހަލުވިކޮށް ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ޓެނިހުގެ ހަރަކާތްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން މީގެ ކުރިން ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތްވެސް ވަނީ ފަސްކޮށްފައެވެ. މި މުބާރާތް ކުރިން ތާވަލުކޮށްފައި އޮތީ މެއި މަހުގެ 24 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު މި މުބާރާތް ވަނީ ސެޕްޓެމްބަރު މަހުގެ 20 އިން އޮކްޓޯބަރު މަހުގެ 4 އަށް ފަސްކޮށްފައެވެ. މީގެ އިތުރުން ޔޫއެސް އޯޕަން ޓެނިސް މުބާރާތްވެސް ފަސްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް