ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 09:49
ސްވިޑަން
ސްވިޑަން
ބީބީސީ
ކޮވިޑް-19
ޔޫރަޕްގެ އެހެން ގައުމުތަކާ ހިލާފަށް ސްވީޑްންގެ ސްކޫލުތަކާއި ރެސްޓޯރަންޓްތައް ބަންދުނުކުރޭ!
 
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް އަރާފައި
 
އިޖްތިމާއީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ގޮވާލާފައި

ކޮވިޑް-19އާ ގުޅިގެން ޔޫރަޕްގެ ގިނަ ގައުމުތަކުގައި ސްކޫލުތަކާއި ރެސްޓޯރަންޓްތައް ބަންދުކުރި ނަމަވެސް ސްވީޑްންއިން އެތަންތަން ބަންދު ނުކުރާ ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެފިއެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން ޔޫރަޕްގެ ގިނަ ގައުމުތަކުގައި ސްކޫލު، ކޮލެޖް އަދި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފައެވެ. އަދި ކޮފީ ޝޮޕްތަކާއި ރެސްޓޯރަންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ތަންތަން ބަންދުނުކޮށް ސްވީޑްންއިން އިސްކަން ދިނީ އިޖްތިމާއީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ. އެގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަންކަން ކުރުމަށް ބާރުއަޅާފައެވެ.

މިހާތަނަށް ސްވީޑްންއިން ކޮވިޑް-19 އަށް ޕޮޒިޓީވްވެފައިވާ 4947 މީހަކު ވަނީ ފެނިފައެވެ. އަދި ވައިރަސް ޖެހިގެން މިހާތަނަށް 239 މީހަކު ވަނީ މަރުވެފައެވެ. ރިކަވަރވެގެން ދޫކޮށްލާފައިވަނީ 103 މީހެކެވެ.

އެޕްރިލް 1 ވަނަ ދުވަހަކީ މިހާތަނަށް ސްވީޑްންއިން އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނުނު ދުވަހެވެ. 512 އައު ކޭސް ފެނިފައިވާއިރު، ފާއިތުވެ ދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް 2267 ކޭސްއެއް ވަނީ ފެނިފައެވެ.

ކޮވިޑް-19 ހަލުވިމިނެއްގައި ފެތުރެމުންދާއިރު، މިހާރު މިވައިރަސް އެންމެ ބާރު މިނެއްގައި ފެތުރެމުންދަނީ ވިލާތުގެ ގައުމުތަކުގައެވެ. މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
40%
40%
0%
20%
0%
ކޮމެންޓް