ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 09:29
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ޕޮލިސް
ފުލުހުން
މާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިގޮތަކަށް ސައިކަލު ދުއްވި ޒުވާނެއް ހައްޔަރުކޮށްފި
 
އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި
 
ހައްޔަރުކުރީ 19 އަހަރުގެ ފިރިހެނެއް

މާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ނުރައްކާތެރިގޮތަކަށް ސައިކަލު ދުއްވި 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މާލޭގެ މަގުތަކުގައި ދުއްވާ މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެކަމަށް މާޗް މަހުގެ 29 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އޭޕްރިލް 01 ވަނަ ދުވަހުގެ 06:12 އެހާކަންހާއިރު މާލޭގެ އެކި މަގުތަކުގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބާރު ސްޕީޑުގައި ނުރައްކާތެރިގޮތަކަށް ސައިކަލު ދުއްވި 19 އަހަރުގެ ދިވެހި ފިރިހެނެއް އަމީނީމަގުގެ ޓްރެފިކް ޕޮލިސް ސްޓޭޝަން ކުރިމަތިން ހުއްޓުވުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާއިމެދު ގޮތެެއް ނިންމުމަށް އޭޕްރިލް 01 ވަނަ ދުވަހު ކޯޓަށް ގެންދިއުމުން، ކްރިމިނަލް ކޯޓުންވަނީ އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
17%
0%
50%
ކޮމެންޓް